ފުރަތަމަ ހަނދަށް ކުރި ދަތުރުގެ ތެރެއިން

އެޕޯލޯ 11 ހަނދަށް ކުރި ދަތުރަށް 50 އަހަރު!

އެއީ ތާރީހުގައި ލިޔެވިގެންދާނެ ދުވަހެކެވެ. 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު، ނީލް އާމްސްޓްރޯންގް އާއި، ބަޒް އަލްޑްރިން އަދި މައިކަލް ކޮލިންސް، "އެޕޯލޯ 11" ގައި ހަނދަށް ދަތުރުކުރިއެވެ. އެ ހާދިސާއަށް މިއަދު ވަނީ 50 އަހަރު ފުރިފައެވެ. މި މުނާސަބަތުގައި ހަނދަށް ކުރި ދަތުރުތަކާއި ބެހޭ މައުލޫމާތު ކޮޅެއް ހިއްސާ ކޮށްލާނަމެވެ.

ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި، އިންސާނީ ކުރިއެރުންތައް ވަނީ ހީނުކުރާ ވަރަށް އެކި ގޮތްގޮތުން ކުރި އަރާ ގޮސްފައެވެ. އެގޮތުން މިހާރު އަހަރެމެން އަތުގައި އޮތް ސްމާޓްފޯނަކީ، އޭރު "އެޕޯލޯ 11" އަށް ގެންގުޅުނު ކޮމްޕިއުޓަރު ތަކަށްވުރެ ބާރުގަދަ އެއްޗެކެވެ.

ހަނދަށް ކުރި އެކި ދަތުރުތަކުގެ މަތިން މުޅިއެކު ހަ ދިދަ ހަނދުގައި ބެހެއްޓުނެވެ. ހަނދުގައި ހުރި އެމެރިކާގެ ދިދަތަކަށް އިރުގެ އޭޑިއޭޝަންގެ އަސަރުކުރުމުގެ ސަބަބުން ވަނީ ހުދުކުލައަށް ބަދަލުވެފައެވެ.

އެމެރިކާގައި 2013 ވަނަ އަހަރު ކުރެވުނު ސާވޭއަކުން، ހަނދަށް ކުރި ދަތުރަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެމެރިކާގެ ހަތް އިންސައްތަ މީހުން ދެކެއެވެ. އެކަން ދޮގުކުރުމަށް ނާސާއިން ވަނީ ހަނދުގައި އެޕޯލީ ޖެއްސި ތަނުގެ ހައި-އެޒޮލިއުޝަން ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. 1969 ވަނަ އަހަރު ހުރި ޓެކްނޮލޮޖީއިން ހަނދުގެ ދަތުރުތައް ދުނިޔެމަތީގައި ކުޅުމަށްވުރެން ހަނދަށް ދިޔުންވެސް މާ ފަސޭހަވާނެއެވެ. މީގެ 50 އަހަރު ކުރިން ކުރި ދަތުރު މިއީ ދޮގު ހަބަރެއްނަމަ 400،000 މީހުން މި ދޮގުގައި ޝާމިލް ވާންޖެހޭނެއެވެ.

އެޕޯލޯ 11 ގައި ދަތުރު ކުރި ނީލް އާމްސްޓްރޯންގް އަކީ އެންމެ ފުރަތަމަ ހަނދުގައި ހިނގި އެސްޓްރޮނޯޓެވެ. މި ހިނގުމުގައި ވްރައިޓް ދެބެއިންގެ ފުރަތަމަ މަތިންދާ ބޯޓުގެ ކުޑަ އެތިކޮޅެއް ގެންދިޔައެވެ. ބަޒް އަލްޑްރިން އެންމެ ފުރަތަމަ ހަނދުގައި ހިނގި މިހާގެ މަގާމު ނުލިބުނަސް އެންމެ ފުރަތަމަ ހަނދުގައި ކުޑަކަމުދިޔަ މީހާގެ މަގާމު ވަނީ ލިބިފައެވެ.