ކެނެޑާ މިއީ އާދައިގެ ގައުމެއް ނޫން

ކެނެޑާގެ ރައްޔިތުންނަކީ އެންމެ ހިތްހެޔޮ މީހުނޭ މީހުން ބުނެއުޅެއެވެ. ކޮންމެ ކަމެއް ވިޔަސް އަބަދުވެސް މާފަށްއެދޭ، ޒުވާބު ކުރަންވެސް ޖެހުލުންވާ ރައްޔިތުންތަކެއް އުޅޭ ގައުމެކެވެ. މި ގައުމުގައިވެސް އެހެން ގައުމުތަކެކޭ އެއްފަދައިން ގަވައިދުތަކާއި އުސޫލުތައް ހަދާފައި އޮވެއެވެ. ނަމަވެސް މިއިން ބައެއް ގަވައިދުތަކަކީ ގަބޫލުކުރަން ދަތިވާ ވަރުގެ ގަވައިދުތަކެކެވެ.

އެގޮތުން ކެނެޑާގެ އަވަށެއް ކަމުގައިވާ އެޓޮބިކޯކް، އޮންޓާރިއޯގައި 3.5 އިންޗިއަށް އިތުރުވާވަރަށް ބާތު ޓަބަށް ފެން އެޅުމަކީ މަނާކަމެކެވެ. މި ގަވާއިދު ހެދެން މެދުވަރިވި ސަބަބަކީ ކޮބައިބާއޭ ހިތަށް އަރައެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ލަކުޑި ކީހުމަކީވެސް މަނާކަމެކެވެ. އޭގެ އިތުރަށް އާންމުންނަށް ފެންނަ ހިސާބެއްގައި ކާރު ދޮވުމަކީވެސް މަނާކަމެކެވެ.

ޒަހަމެއް ލިބިގެން އަޅާފައި ހުންނަ މަލަން، ނުވަތަ ބެންޑޭޖް އާންމުންނަށް ފެންނަ ހިސާބެއްގައި ނެއްޓުމަކީވެސް ކެނެޑާގެ ގަވާއިދުތަކުން މަނާކުރާ ކަމެކެވެ.

ޕްރިންސް އެޑްވާޑް އައިލެންޑްގައި 30 އިންޗިއަށް ވުރެން ދިގުކޮށް ސްނޯއިން މީހެއް ހެދުމަކީވެސް މަނާކަމެކެވެ.