ފޮޓޯ :ޖޯސިއާ ވެންފްލީޓް

450 ކިލޯ ހުރި ނޫއުރަހަ ކަންނެއްޔެއް ބާނައިފި

އެމެރިކާގެ ވާޖީނިއާގެ މަސްވެރިއަކު، ބަރުދަނުގައި ގާތްގަނޑަކަށް 450 ކިލޯ ހުރި ނޫއުރަހަ ކަންނެއްޔެއް ބާނައިފިއެވެ.

ޖޯސިއާ ވެންފްލީޓް ނަމަކަށް ކިޔާ މިމީހާއަށް އެ ކަންނެލި ބޭނުނީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅާއި އެކުވެރިންތަކަކާއެކު ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށެވެ. ކަންނެލި ބާނާފައިވަނީ އައުޓާ ބޭންކްގެ 45 މޭލު ބޭރުން، މިދިޔަ ބުދަ ދުވަހުއެވެ. ކަންނެލީގެ ދިގުމިނުގައި ނުވަ ފޫޓު ހަ އިންޗި ހުއްޓެވެ.

ކަންނެލި ބާނައި ދޯންޏަށްލުމަށް ގާތްގަނޑަކަށް ދެ ގަޑިއިރާއި 30 މިނެޓް ހޭދަވިއެވެ. ދޯންޏަށް ކަންނެލި ލެވުނީ އޭނާގެ އެކުވެރިންގެ އެހީއާއެކުގައެވެ. ވެންފްލީޓް ބުނި ގޮތުގައި އެ ހާދިސާ ހަނދާނުން ފިލައިގެން ނުދާނެއެވެ.