ޗިލީން ފެނުނު ފިޔަވަޅު ތިލައިގެ ނިޝާން

15600 އަހަރު ކުރިން ދިރިއުޅުނު މީހެއްގެ ފިޔަވަޅުގެ ނިޝާން ފެނިއްޖެ

މީގެ 15،600 އަހަރު ކުރިން ދިރިއުޅުނު މީހެއްގެ ފިޔަވަޅު ތިލައިގެ ނިޝާން، ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީން ފެނިއްޖެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ، އެމެރިކާ ސަރަހައްދުގެ ގައުމަކުން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ފިޔަވަޅު ތިލައިގެ ނިޝާނެވެ. އެ ފިޔަވަޅު ތިލައިގެ ނިޝާން ހޯދާފައިވަނީ ޗިލީގެ ޔުނިވާސިޓީއެއްގެ ދަރިވަރެކެވެ.

ފިޔަވަޅު ތިލަ ފެނުނު ސަރަހައްދުން، ބައެއް ޖަނަވާރުގެ ކައްޓާއި ފޮސިލްސް ފެނިފައިވެއެވެ. އެހެންކަމުން ސައިންސްވެރިން ފުރަތަމަ ގަބޫލުކުރީ އެ ފިޔަވަޅު ތިލައިގެ ނިޝާނަކީ ޖަނަވާރެއްގެ ފިޔަވަޅުގެ ނިޝާން ކަމަށެވެ. ނަމަވެސް ގިނަ ދިރާސާތަކަކަށްފަހު، އެ ނިޝާނަކީ މީހެއްގެ ފިޔަވަޅު ތިލައިގެ ނިޝާން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.