ބުޅާ ގެންގުޅެންތަ؟ ބުޅަލާއި ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

ޕެޓްގެ ގޮތުގައި ބުޅަލާއި މުސަޅާއި ދޫނިސޫފާސޫފި ގެންގުޅުމަކީ ރާއްޖޭގައިވެސް އާންމު ކަމެކެވެ. ޔަގީނުންވެސް ބުޅާ ވެގެން ދާނީ ޕެޓްގެ ގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ގެންގުޅޭ ޖަނަވާރަށެވެ.

ބައެއް މީހުން ބުޅާ ދެކެ ބިރުގަތް ނަމަވެސް، އަނެއް ބަޔަކު ބުޅާ ދެކެ ލޯބިން މަރުވާވަރުވެއެވެ. ބުޅަލާއި ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

"ފެކްޓްސްލައިޑް" ގައިވާ ގޮތުން 70 އަށްވުރެ ގިނަ ވައްތަރުގެ ބުޅާ ދުނިޔޭގައި އުޅެއެވެ. އަދި ބުޅަލުގެ ހަޔާތުގެ 70 އިންސައްތަ ހޭދަކުރަނީ ނިދުމުގައެވެ.

އުސް އިމާރާތަކުން ބުޅާ ވެއްޓުނު ނަމަވެސް، މަރުވަނީ މަދު ފަހަރަކުއެވެ. 32 ފަންގިފިލާގެ އުސް އިމާރާތަކުން ވެއްޓުނު ބުޅަލެއްވެސް ސަލާމަތްވެފައި އެބަހުއްޓެެވެ. ސަބަބަކީ ބުޅަލަށް ލިބިފައިވާ "ރައިޓްނިން ރިފްލެކްސް" ގެ ސަބަބުންނެވެ.

ބައެއް ގައުމުތަކުގައި މީހުން، ބުޅާ ކައި އުޅެއެވެ. އެގޮތުން ޗައިނާގައި، އިންސާނުން އަހަރަކު 4 މިލިއަން ބުޅާ ކައެވެ. ސްވިޒަރލޭންޑްގައި ބުޅާ މަހާއި ކުއްތާ މަސް ކެއުމަކީ އާންމު ކަމެކެވެ.

ބުޅަލާއި ބެހޭ ގޮތުން ލިޔެފައިވާ އެހެން ލިޔުމެއްގައިވާ ގޮތުން އުމުރުން ދުވަސްވީ ބުޅާ އަޑު ލައްވަނީ އިންސާނުންނާއި މުއާމަލާތްކުރުމުގެ ގޮތުންނެވެ. މާނައަކީ އެފަދަ ބުޅާ އެހެން ބުޅަލަކާއި މުއާމަލާތްކުރުމަށް އަޑު ނުލައްވާނެ ކަމެވެ.

ޗޮކްލެޓް ކެއުމުން ބުޅާ ބަލިވާނެއެވެ. މަރުވުމަކީވެސް އަކަށީގެންވާ ކަމެކެވެ. އެހެން ކަމުން ބުޅަލަށް ކެވޭ ގޮތަށް ޗޮކްލެޓް ނުބަހައްޓާށެވެ.