އައިފޯން މޭޒާއެކު ޒުވާނާ

ހިތުން އޯޑަރުކުރީ "އައިފޯން" އަކަށް، ލިބުނީ މޭޒެއް

އޮންލައިންކޮށް "އައިފޯން" އެއް ގަތް ތައިލެންޑްގެ ޒުވާނަކަށް އައިފޯންގެ ސިފައިގައިވާ ކޮފީ މޭޒެއް ލިބިއްޖެއެވެ.

މި ޒުވާނާ ހީކުރީ ހެޔޮއަގުގައި "އައިފޯނެއް" ގަނެވެނީ ކަމަށެވެ. ނަމަވެސް ބޮޑު ހައިރާންކަމެއް ލިބުނީ އައިފޯނެއްގެ ސިފައިގައިވާ ކޮފީ މޭޒެއް ލިބުމުންނެވެ.

މިއީ އީ-ކޮމާސް ޕްލެޓްފޯމްގެ އޮޅުމަކުން ދިމާވި ކަމެއް ނޫނެވެ. ނަމަވެސް މިއީ ޒުވާނާގެ މައްސަލައަކުން ދިމާވި ކަމެކެވެ.

ޒުވާނާއަށް "އައިފޯން" ފެނުނީ ބާޒާރުގައި އައިފޯން ވިއްކާ އަގަށްވުރެ މާބޮޑަށްވެސް ހެޔޮއަގެއްގައި ވިއްކަން ހުއްޓައެވެ. އެހެންކަމުން އިތުރު މައުލޫމާތު ކިޔާލުމެއް ނެތި އަވަހަށް ފޯނު ގަތީއެވެ. ގަނެވުނީ މޭޒެއްކަން އެނގުނީ ގެއަށް މޭޒު ގެންގޮސްދިންފަހުންނެވެ.

ކުރެވުނު މޮޔަކަންތައް އެ ޒުވާނާ ވަނީ ފަހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.