ހަނދާންނެތި ފިރިމީހާ އެއާޕޯޓުގައި ބަހައްޓާފައި ފުރަން އުޅެފި

ފުރަން އެއާޕޯޓަށް ގޮސް، ބައެއް ފަހަރު ހަނދާން ނެތި ބައެއް ތަކެތި އެއާޕޯޓުގައި ބެހެއްޓިފައި ފުރޭގޮތްވެއެވެ. ނަމަވެސް މިފަހަރު ހަނދާންނެތި އެއާޕޯޓުގައި ބެހެއްޓުނީ ފިރިމީހާއެވެ.

މި ހާދިސާ ހިނގާފައިވަނީ އީސްޓް މިޑްލޭންޑް އެއާޕޯޓުގައެވެ. މިކަން ހާމަވެފައިވަނީ މި އަހަރު އެ އެއާޕޯޓުގައި ފަސިންޖަރުންނަށް ހަނދާންނެތި ދޫކޮށްލެވުނު ތަކެތީގެ ލިސްޓެއް އެ އެއާޕޯޓުން އާންމުކުރުމުންނެވެ.

އެ އެއާޕޯޓްގެ ތަރުޖަމާނާއި ހަވާލާދީ އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ހާމަކޮށްފައިވާ ގޮތުން އަންހެނަކަށް އޭނާގެ ފިރިމީހާ އެއާޕޯޓުގައި ހުރިކަން އެނގުނީ އެ އަންހެން މީހާ ފްލައިޓަށް އަރާ ގޮނޑީގައިވެސް ހަމަޖެހިލިފަހުންނެވެ.

ފިރިމީހާ ނެތްކަން އެނގުނީ، ފްލައިޓް ގޭޓުންވެސް ދުރަށް ޖެއްސި ފަހުންނެވެ. ފިރިމީހާ ނެތްކަން ފްލައިޓްގެ ކެބިން ކްރޫގެ ސަމާލުކަމަށް ގެނައުމުން ވަނީ ފިރިމީހާ ފްލައިޓަށް އަރުވާފައެވެ.

އެ އެއާޕޯޓަށް ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ފަސިންޖަރުންނަށް ހަނދާންނެތި ބައެއް ތަކެތި ދޫކޮށްލެވިފައިވެއެވެ. އޭގެ ތެރޭގައި އެއާ ކޮންޑިޝަނިން ޔުނިޓަކާއި، ރޮށި ދަމާ އެއްޗަކާއި ބްލަޑް ޝުގާ މެޝިނަކާއި ރެންޗް ސެޓެއް ހިމެނެއެވެ.

އީސްޓް މިޑްލޭންޑްސް އެއާޕޯޓަކީ ކޮންމެ އަހަރަކު ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ އިނގިރޭސިވިލާތުގައި 11 ވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ.

އަފީ

ތިވެސް އަންހެނަކު ކުރި ކަމެއްވީމަ ތި ލިޔުނީ. މަގޭ ފިރިމީހާ، މަށާއި މަގޭ ދަރި އެއާޕޯޓުގައި ބަހައްޓާފަ މާލެ ގޮސްފަ އެބަހުރި