ޑޯރިސް

ލީޕް އަހަރުން ގުނާނަމަ ޑޯރިސްއަށް 25 އަހަރު

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހަކީ ފާހަގަކޮށްލެވޭ ދުވަހެކެވެ. މި ދުވަހަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އަންނަ ދުވަހެކެވެ. ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އުފަންވާ ކުއްޖެއްގެ ހަގީގީ އުފަންދުވަސް އަންނާނީ ހަތަރު އަހަރުން އެއް އަހަރުއެވެ.

ޑޯރިސްއަށް 100 އަހަރު ފުރުނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ލީޕް އަހަރުން ގުނާނަމަ، އެ ދުވަހަކީ ޑޯރިސްގެ 25 ވަނަ ލީޕްލިންގް އުފަންދުވަހެވެ. ޑޯރިސް ބުނި ގޮތުގައި މިއީ އޭނާ ވަރަށް ދެކެން ބޭނުންވި ދުވަހެކެވެ.

ޕޯޓްސްމައުތުގައި ހުންނަ ޑޯރިސްގެ ކެއާ ހޯމް، ބްރޫނެލް ކޯޓް އިން ވަނީ ޑޯރިސްގެ އުފަންދުވަސް ފާހަގަކޮށްފައެވެ. އަދި އުފަންދުވަސް ފާހަގަކުރުމަށް ޑޯރިސްގެ އެކުވެރިންނަށްވެސް ވަނީ ދައުވަތު ދީފައެވެ.

ޑޯރިސްއަކީ ހެޔާ ޑްރެސާއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހެކެވެ. ޑޯރިސްގެ ފިރިމީހާ ސޭމް މަރުވީ 1979 ވަނަ އަހަރުއެވެ.