ތަތްމަކުނުތަކެއް ފެނުމުން ތަހުގީގު ފަށައިފި
އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ޕެންސެލްވޭނިއާގެ ވޯލްމާޓް ފިހާރައަކުން ތަތްމަކުނު ފެނުމާއި ގުޅިގެން އެކަން ކުރި މީހަކު ހޯދުމުގެ މަސައްކަތް އެ ސްޓޭޓްގެ ފުލުހުން ފަށައިފިއެވެ.
ވޯލްމާޓްގެ އެ ފިހާރައިން ތަތްމަކުނު ފުރަތަމަ ފެނުނީ އެ ފިހާރައިގެ މެނޭޖަރަކަށެވެ. ދިރޭ ތަތްމަކުނުތައް ހުރީ މަތި ބަންދުކުރެވިފައިވާ ފުޅިއެއްގައެވެ. އެ ފުޅި ހުރީ ފިހާރައިގެ ޗޭންޖިންގް ރޫމްގައި ހުރި ފިރިހެން ކުއްޖެއްގެ ޖެކެޓް ތެރެއިންނެވެ. އޭގެ އިތުރުން މަރުވެފައި ހުރި ތަތްމަކުނުތަކެއް ހުރި ފުޅިއެއް ފިރިހެނުންގެ ޗޭންޖިންގް ރޫމް އިން ވަނީ ފެނިފައެވެ.
ވޯލްމާޓްގެ ތަރުޖަމާނަކު ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ތަތްމަކުނު ފެނުނު ސަރަހައްދު އާންމުންނަށް ބަންދުކޮށް، ދިރޭ ކުދި ސޫފި ނައްތާލާ މީހުން ގެނެސްގެން އިތުރަށް ބަލަންޖެހޭ ބެލުންތަކާއި ސޫފި ނައްތާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ތަތްމަކުނަކީ އިންސާނުންގެ ލޭ ބޯ ސުއިއްޕެކެވެ މި ސޫފި ދަތް އެޅުމުން ފިތް ނުވަތަ ބިހިތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.