ނެޓްފްލިކްސްގެ ޕާސްވޯޑް ނުދިނުމުން ބޮޑުބޭބެއަށް ހަމަލާދީފި

އެސްޓީ ލުއިސް - އެމެރިކާ: ނެޓްފްލިކްސްގެ ޕާސްވޯޑް ހޯދަން ހިނގި ހަމަނުޖެހުމުގައި މީހަކު އޭނާގެ ބޮޑުބޭބެއަށް ހަމަލާދީފިއެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާއާ ގުޅޭ ގޮތުން އެސްޓީ ލުއިސް މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި މީހަކު އޭނާގެ ބޮޑުބޭބެއަށް ހަމަލާދީފައިވަނީ ބަދިގޭގައި ބޭނުންކުރާ ވަޅިއަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ނެޓްފްލިކްސްގެ ޕާސްވޯޑް ހޯދަން ކުރި ޒުވާބު މާރާމާރީއަކަށް ބަދަލުވީއެވެ. ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި އުމުރުން 50 އަހަރުގެ މީހާއަށް ފަރުވާދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެސްޓީ ލުއިސް މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓްގެ ފުލުހުން އައުމުގެ ކުރިން، ހަމަލާ ދިން މީހާ ފިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.