"ދަ ގިޓާ ހޮޓެލްސް" ހުޅުވައިފި

ގިޓާއެއްގެ ސިފައަށް ފަރުމާކޮށްފައިވާ "ދަ ގިޓާ ހޮޓެލްސް" ހުޅުވައިފިއެވެ.

އެމެރިކާގެ ދެކުނު ފްލޮރިޑާގައި އިމާރާތްކޮށްފައިވާ މި ހޮޓާ ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އުސްމިނުގައި 450 ފޫޓު ހުންނަ މި ހޮޓަލުގައި 600 އަށްވުރެ ގިނަ ކޮޓަރި ހުރެއެވެ.

މި މަޝްރޫއަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވާއިރު، މި ހޮޓާ ފަރުމާކޮށްފައިވަނީ ކޮންސެޓްތަކާއި ހަފުލާތައް ބޭއްވޭ ގޮތަށެވެ.

މިއީ މިފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދުނިޔޭގެ ހަމައެކަނި އިމާރާތަށްވުމުން، ފްލޮރިޑާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މިތަނަކީ މަގުބޫލު ތަނަކަށް ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.