ދުންފަތުގެ އިސްތިއުމާލު ކުރުމާޢި ވޭޕްކުރުން މަނާ ސަރަހެއްދެއްކަން އަންގައިދޭ ބޯޑެއް

ވޭޕްކުރުމުން ޖެހޭ ބަލީގައި އެމެރިކާއިން 18 މަރު

ވޭޕް ކުރުމުގެ ސަބަބުން ފުއްޕާ މެޔަށް ޖެހެމުންދާ އާދަޔާ ހިލާފު، ނުރައްކާތެރި ބަލީގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

އެމެރިކާގެ ސިއްހީ ވުޒާރާތަކުން ހާމަކުރި ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން، ގޮތް ނޭނގޭ ބައްޔެއް ފުއްޕާމެޔަށް ޖެހިގެން 1000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެވިފައިވެއެވެ.

ވޭޕްކުރުމުން ފުއްޕާމެޔަށް ޖެހޭ ބައްޔާއި ބެހޭ ގޮތުން މާގިނަ މައުލޫމާތެއް ޑޮކްޓަރުންނަށްވެސް އަދި ނޭނގެއެވެ. ނަމަވެސް ފުއްޕާމެޔަށް ޖެހޭ ބަލީގެ އަލާމާތްތަކުގެ ތެރޭގައި މެޔަށް ތަދުވުމާއި ވަރުބަލިކަން އިހުސާސުވުން އަދި ނޭވާކުރުވުން ހިމެނެއެވެ.

ފުއްޕާމެޔަށް ޖެހޭ ބަލި އިތުރަށް ފެތުރިދާނެ ކަމަށް ބެލެވިފައިވާއިރު، މި ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.