ސައުދީގެ ފުލުހުންތަކެއް

ވަގު ޑޮލަރުތަކަކާއެކު ސައުދީއިން ބަޔަކު ހައްޔަރުކޮށްފި

ވަގު ޑޮލަރުތަކަކާއެކު ސައުދީ އަރަބިއްޔާއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ސައުދީގެ ވެރިރަށް ރިޔާދްގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ވަގު އެމެރިކާ ޑޮލަރުތަކަކާއެކު ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގެ ދެ މީހަކާއި މިސްރުގެ މީހަކާއި ސޫދާންގެ މީހެކެވެ.

ރިޔާދްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުން އަތުން 500،000 ވަގު ޑޮލަރު ފެނިފައިވެއެވެ. ރިޔާދްގެ ފުލުހުން ހާމަކުރި ގޮތުގައި މައްސަލައިގައި ހައްޔަރުކުރި މީހުން މަސައްކަތްކޮށްފައިވަނީ، ވަގު ޑޮލަރުތައް ސައުދީގެ ބާޒާރުގައި ދައުރުކުރުވުމަށެވެ.

ބަޔަކު ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ރިޔާދްގެ ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.