އެކުގައި ހަނދަށް ދާނެ އަންހެނަކު ހޯދަން ކުރި މަސައްކަތް ހުއްޓާލައިފި
ޖަޕާނުގެ މަޝްހޫރު މަހުޖަނު، ޔުސާކު މައެޒާވާއާއެކު ހަނދަށް ދާނެ އަންހެނަކު ހޯދަން ކުރި މަސައްކަތް އޭނާ ހުއްޓާލައިފިއެވެ.
ބިލިއަނަރު ޔުސާކު އާއެކު ހަނދަށްދާނެ އަންހެނަކު ހޯދަން އޭނާ އިއުލާނުކުރީ މިމަހުގެ ކުރީކޮޅުއެވެ. އެ އިއުލާނާއި ގުޅިގެން 27000 އަށްވުރެ ގިނަ އަންހެނުން، އެކަމަށް ކުރިމަތިލިއެވެ.
އެކުގައި ހަނދަށް ދާނެ އަންހެނަކު ހޯދަން ކުރި މަސައްކަތް ހުއްޓާލާފައިވާކަން ހާމަކޮށް، އެތައް ހާސް އަންހެނުންނެއް ކުރި އުންމީދުގައި ކުލަ ނުޖެހި ނިމުމަކަށް ގެނެސްފައިވާކަން ޔުސާކު ހާމަކުރީ ބުރާސްފަތި ދުވަހުއެވެ.
ޔުސާކޫ ބުނި ގޮތުގައި އޭނާއާއެކު ހަނދަށް ދާނެ އަންހެނަކު ހޯދަން ކުރާ މަސައްކަތް ހުއްޓާލީ އަމިއްލަ ސަބަބުތަކަށްޓަކައެވެ. އަދި އެކަމަށްޓަކައި ޔުސާކޫ ވަނީ މައާފަށް އެދިފައެވެ.
އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން 2023 ވަނަ އަހަރުގައި މީހުން ހަނދަށް ގެންދިއުމަށް ތައްޔާރުވަމުންދާއިރު، އެކަމަށް އެންމެ ފުރަތަމަ ފައިސާ ދެއްކި މީހަކީ ޔުސާކޫއެވެ.