ޔޫކޭގެ އެންމެ ފަލަ ބުޅަލަށް ސްޓްރިކްޓް ޑައިޓެއް

އިނގިރޭސިވިލާތުގެ އެންމެ ފަލަ ބުޅަލުގެ ގޮތުގައި ބެލެވޭ ބުޅަލަށް، ކާން ދިނުމުގައި ސްޓްރިކްޓް ޑައިޓެއް ހަމަޖައްސައިފިއެވެ.

ޔޫކޭގެ ކެޓްސް ޕްރޮޓެކްޝަންސް ނޭޝަނަލް ކެޓް އެޑޮޕްޓޭޝަން ސެންޓަރަށް މި ބުޅާ ގެނެވުން އެ ސެންޓަރުގެ މުވައްޒަފުންވެސް ތިބީ "ބަސް ހުއްޓިފަ" އެވެ. ހަތަރު އަހަރުގެ މި ބުޅަލުގެ ބަރުދަނުގައި 9.3 ކިލޯ ހުރިއިރު މިއީ މި އުމުރުގެ ސިއްހަތު ރަނގަޅު ބުޅަލެއްގައި ހުންނަންޖެހޭ ބަރުދަނަށްވުރެ ދެ ގުނަ އިތުރު މިންވަރެކެވެ.

އެ ސެންޓަރުން ބުނި ގޮތުގައި، ބުޅާ އެ ސެންޓަރަށް ގެނެވުނުއިރު، ބުޅަލުގެ ހާލަތު ހުރި ގޮތުން އަމިއްލައަށް ސާފުތާހިރުވުމަށްވެސް އެ ބުޅަލަށް އުނދަގުލެވެ. މި ބުޅާ މިހާވަރަށް ފަލަވީ، މާ ގިނައިން ކާން ދިނުމުގެ ސަބަބުންނާއި، ހެލިފެލިވެ ނޫޅުމުގެ ސަބަބުން ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

އެ ބުޅަލަށް ކާންދޭ މިންވަރު މިހާރު މަދުކޮށްލާފައިވާއިރު، ބުޅަލުގެ ބަރުދަން މިހާރު ލުއިވަމުންދާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.