އަންޓިލިއާ

ދުނިޔޭގެ އެންމެ އަގު ބޮޑު ގެ ހުރީ އިންޑިއާގައި!

އިންޑިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ މި ގެއަކީ ބަކިންގަމް ޕެލަސްއަށްފަހު އެންމެ އަގު ބޮޑު ގެއެވެ. އަމިއްލަ ގެޔަކަށް ދުނިޔޭގެ އެންމެ އަގު ބޮޑު ގެޔަކީ އަންޓިލިއާ ނަމަކަށް ކިޔޭ މި އިމާރާތެވެ. އެންމެ 27 ބުރީގެ އިމާރާތުގެ އަގު އުޅެނީ 2 ބިލިއަން ޑޮލަރަށްވުރެން މަތީގައެވެ. މި ގެ ހުންނަނީ ދެކުނު މުުމްބާއީގައެވެ.

މި ގެ އެހާ އަގު ބޮޑުވާންވީ ކީއްވެހެއްޔެވެ؟ މިއީ 400،000 އަކަފޫޓުގެ އިމާރާތެކެވެ. އިމާރާތް ބެލެހެއްޓުމަށް 600 މީހުންގެ އެހީ ބޭނުންވެއެވެ. އިމާރާތުގެ މަތީގައި ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަ ތިން ހެލިޕެޑް ހުރެއެވެ.

މި އިމާރާތުގައި ސްވިމިން ޕޫލަކާއި، ޖިމަކާއި، ސްޕާއަކާއި 50 މީހުންނަށް ތިބެވޭވަރުގެ ސިނަމާއެއް ހުރެއެވެ. ބަގީޗާތައްވެސް ހުންނަ މި އިމާރާތުގައި އަގު ބޮޑެތި ކާރު ޕާކްކޮށްފައިވާ ޕާކިން ޒޯނެއްވެސް ހުރެއެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި އިމާރާތުގެ ބައެއް ފަންގިފިލާތައް ފަރުމާކޮށްފައިހުރީ އުސްކޮށް ކަމެވެ.