ޤްރުއާން ހިތުދަސްކޮށްފައިވާ އުޙްތެއްގެ ސިކުނޑީގެ ޓިއުމަރު ކާމިޔާބުކަމާއެކު ނަގައިފި

ޤްރުއާން ހިތުދަސްކޮށްފައިވާ އުޙްތެއްގެ ސިކުނޑީގެ ޓިއުމަރެއް ނެގުމަށް ކުރި އޮޕަރޭޝަން ކާމިޔާބުވެއްޖެއެވެ.

ގަލްފް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުން އަފްގާނިސްތާންގެ އެ އުޙްތާގެ ސިކުނޑީގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަން ކުރީ ސައުދީގެ ނިއުރޯސާޖަން ޑރ. ހާނީ އަލް ޖުހާނީއެވެ. ޑރ. ވިދާޅުވި ގޮތުގައި ކެންސަރަސް ޓިއުމަރު ހުރީ ސިކުނޑީގެ ވަރަށް ނާޒުކު ސަރަހައްދެއްގައެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ ސާމާނު ހޯދާ އޮަޕރޭޝަނަށް ތައްޔާރުވުމަށް ޑރ. ޖުހާނީ ވަނީ ތިން މަސްދުވަސް ހޭދަކޮށްފައެވެ. އަދި މެޑިކަލް ޓީމެއް އެކުލަވާލިއެވެ.

ޑރ. ޖުހާނީ ވިދާޅުވީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ޓިއުމަރު އެއްކޮށް ނެގިފައިވާ ކަމަށެވެ.