ކަނޑު އަޑީގައި ހިނގާ މަހެއް ފެނިއްޖެ

ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ 3000 ފޫޓު އަޑިން، އާދަޔާ ހިލާފު މަހެއް ފެނިއްޖެއެވެ.

މި މަސް ފެނިފައިވަނީ ކަނޑުގެ ދިރުންތައް ހޯދުމަށްޓަކައި، ސައިންސްވެރިން ކަނޑު އަޑީގެ މަންޒަރުތަކެއް ވީޑިއޯ ކުރަމުން ދަނިކޮށެވެ. މި ވީޑިއޯ ނަގާފައިވަނީ ރިމޯޓް ކޮންޓްރޯލްގެ އެހީގައި ކަނޑުއަޑީގައި ދުއްވާ އުޅަނދެއް ބޭނުންކޮށްގެންނެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ވަނީ އެ ވީޑިއޯ ފޭސްބުކްގައި އާންމުކޮށްފައެވެ.

އެ ވީޑިއޯ އިން، "ސްޗެއިފާސް އެންޖަލާފިޝް" ގެ ނަމުން ނަން ދެވިފައިވާ އެ މަސް، އެ މަހުގެ އުރަހަ، ފަޔެއްގެ ގޮތުގައި ބޭނުންކޮށްގެން ކަނޑު އަޑީގައި ހިނގާ މަންޒަރު ފެނެއެވެ.

ދުރުން ބަލާލާއިރު ގަލެއްގެ ސިފައިގައި ހީވާ މިމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް ފަސް ފޫޓު، އަދި ބަރުދަނުގައި 110 ޕައުންޑް ހުރެއެވެ.

މިމަހަށް، އޭއްޗަށްވުރެ ދެގުނަ ބޮޑު މަސްމަމާމެހި ކެއުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބާވަތުގެ މަހެއް އެންމެ ފުރަތަމަ ފެނުނީ 1976 ވަނަ އަހަރު ކޮލަމްބިއާ ކައިރިންނެވެ.