800 މިލިއަން އަހަރުވެފައިވާ ޖަވާހިރުކޮޅެއް ފެނިއްޖެ
ސައިބީރިއާ އިން، 800 މިލިއަން އަހަރުވެފައިވާ ޖަވާހިރުކޮޅެއް ފެނިއްޖެއެވެ. މި ޖަވާހިރުކޮޅު ފެނުނުކަން އިއުލާނުކޮށްފައިވަނީ ރަޝިއާގެ މައިނިންގް ކުންފުނި އަލްރޯސާ އިންނެވެ.
ރަޝިއާގެ މައިނިންގް ކުންފުނި އަލްރޯސާ އިން ހާމަކުރި ގޮތުގައި މިއީ މިބާވަތުގެ ޖަވާހިރުކޮޅެއް ފެނުނު ފުރަތަމަ ފަހަރެެވެ. މައިނިންގް ތާރީހުގައިވެސް ދުނިޔޭގެ އެއްވެސް ހިސާބަކުން މި ބާވަތުގެ ޖަވާހިރުކޮޅެއް ފެނުނުކަން އެނގެން ނެތް ކަމަށް އަލްސޯރާ އިން ބުންޏެވެ.
އަލްރޯސާ އިން ހާމަކުރި ގޮތުގައި މި ޖަވާހިރުކޮޅުގެ ތެރޭގައިވެސް ޖަވާހިރުކޮޅެއް އިނެވެ. ޖުމްލަ ބަރުދަން 0.62 ކެރެޓް (ގާތްގަނޑަކަށް 0.124 ގްރާމް) އަށް އަރާ މި ޖަވާހިރުކޮޅުގެ އަގެއް އަދި ކަނޑަނާާޅާއެެވެ.