ބިލް ގޭޓްސް

ބިލް ގޭޓްސް އަންހެން ދަރިވަރުން ގިނަ ކުލާހަކުން ޖާގަ ހޯދި ގޮތް އެނގޭތަ؟

ބިލް ގޭޓްސްއަކީ މިވަގުތު ދުނިޔޭގައި ހުރި ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ. އެމެރިކާގެ ފޯބްސް މަޖައްލާއިން މިއަހަރު ހާމަކުރި ގޮތުގައި އުމުރުން 63 އަހަރުގެ ބިލް ގޭޓްސްގެ މިލްކިއްޔާތު 96.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރަށެވެ.

އުމުރުން 30 އަހަރުވާއިރު މިލިއަނަރަކަށްވުމަކީ ބިލް ގޭޓްސް ހާސިލުކުރަން ބޭނުންވި އަމާޒެކެވެ. ނަމަވެސް އުމުރުން 31 އަހަރުވީއިރު އޭނާއަކީ ބިލިއަނަރެކެވެ.

ބުނެވޭ ގޮތުގައި ބިލް ގޭޓްްސް ވަނީ އޭނާ ތައުލީމު ހާސިލުކުރި ސްކޫލުގެ ޕްރޮގްރާމް ކޯޑްތައް ބަދަލުކޮށްފައެވެ. ނަތީޖާއަކަށްވީ އަންހެން ދަރިވަރުން ގިނަ ކުލާހަކުން ބިލް ގޭޓްސްއަށް ޖާގަ ލިބުމެވެ.

އެނގޭތަ؟ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވި މައްސަލައެއްގައި 1977 ވަނަ އަހަރު ނިއު މެކްސިކޯއިން ބިލް ގޭޓްސް ހައްޔަރުކުރެވުނެވެ.