އެޕަލްގެ އެއާޓެގްސް މިއަހަރު ބާރާޒަށް؟

އެޕަލް ކުންފުނިން، ލޮކޭޝަން-ޓްރެކިން ޓެގެއް އުފައްދަން އުޅޭ ކަމަށް އަޑުތައް ފެތުރެމުންދާތާ ދުވަސްތަކެއްވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއަހަރުގެ ތެރޭގައި، އެޕަލްގެ މި ޓެގް ބާޒާރަށް ނެރޭނެއެވެ.

އެނަލީސްޓުން މި ވަގުތަށް މި ޑިވައިސަށް ދީފައިވާ ނަމަކީ އެއާޓެގްސް ނުވަތަ އެޕަލް ޓެގްސްއެވެ. އެޕަލްގެ އެނަލީސްޓް މިންގް ޗީ ކުއޯ އާއި ހަވާލާދީ ޓެކްނޮލޮޖީގެ ޙަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ޑިވައިސްއަކީ އަލްޓްރާ-ވައިޑްބޭންޑް ޓްރެކާއެކެވެ.

އައިކްލައުޑްގެ އެހީގައި އެޕަލް އައިފޯނާއި މި ޓެގް ޕެއާކޮށްލެވޭނެއެވެ. ތަޅުދަނޑި ނުވަތަ ދަބަހެއްގައިވެސް ޓެގް ހަރުކޮށްލެވިދާނެއެވެ. ޓެގް ހަރުކޮށްފައިވާ އެއްޗެއް ގެއްލިއްޖެ ހާލަތުގައި "ފައިންޑް މައި" އެޕްލިކޭޝަންގެ އެހީގައި އެ އެއްޗެއް ލޮކޭޓްކޮށްލެވޭނެއެވެ.

މިއީ އޮފްލައިންކޮށްވެސް މަސައްކަތްކުރާނެ ޓެގެއް ކަމަށާއި މިއަހަރުގެ އައިފޯނު އިވެންޓްގައި މި ޓެގް ތައާރަފުކުރާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.