ކްރިސްޕީ ފްރައިޑް ޗިކަން

ބޭނުންވާ ތަކެތި:

3 ޖޯޑު ފެން

1 ކުކުޅު

2 ސައިސަމްސާ ލައިޓް ސޯޔާ ސޯސް

4 ސައިސަމްސާ މާމުތް

2 ސައިސަމްސާ ޒުވާރި ފުށް

ޗަސްކޮށްފައި އިނގުރު

ކުކުޅު ތެލުލުމަށް ކައްކާ ތެޔޮ

ހަދާނެ ގޮތް:

ފެނުގެ ތެރެއަށް ޒުވާރި ފުށް، މާމުއި، ޗަސްކޮށްފައި ހުރި އިނގުރު، އަދި ސޯޔާ ސޯސް އެއްކޮށްފައި ފެންގަނޑު ކައްކާލާށެވެ. ރަނގަޅަށް ކެކެން ފެށުމުން ކުކުޅު އޮތްގޮތަށް އޭގެ ތެރެއަށް ލައިގެން ކައްކާލާށެވެ. ކުކުޅު ރަނގަޅަށް ހިހޫ ވުމުން ތެލަށް ލައިގެން މުށިކުލަ އަރަންދެން ތެލުލާށެވެ.