ފިލާވަޅު ހެދުމުގައި ގިނަ ވަގުތު ހޭދަކުރުމުން ނަތީޖާ ދަށްވޭ
ދަރިވަރުންނަށް، ގޭގައި ކުރުމަށް ހަވާލުކުރެވޭ ފިލާވަޅުތައް ހެދުމުގައި މާ ގިނަ ވަގުތު ހޭދަކުރުމަކީ އިމްތިހާނުތަކުގައި ނަތީޖާ ދަށްވުމަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
އެމެރިކާގެ ޕަބްލިކް ހައި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ތިން ގަޑިއިރާއި 30 މިނެޓްގެ ފިލާވަޅު ގޭގައި ހެދުމަށް ހަވާލު ކުރެވެއެވެ. ނަމަވެސް ސްޕެއިންގެ ޔުނިވާސިޓީއެއް ކަމަށްވާ އޮވިއެޑޯ ކުރި ދިރާސާއަކުން ދައްކާ ގޮތުން އެ މިންވަރަކީ މާ ގިނަ ވަގުތެވެ.
ސްޕެއިންެ އޮވިއެޑޯ ޔުނިވާސިޓީން ކުރި ދިރާސާއަށްފަހު ހާމަކުރި ގޮތުގައި ގޭގައި ފިލާވަޅު ހެދުމަކީ ޓެސްޓްތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ފިލާވަޅު ހެދުމުގައި މާ ގިނަ ވަގުތު ހޭދަކުރުމަކީ ގޯހެއް ކަމަށާއި އެންމެ ރަނގަޅު މިންވަރަކީ ފިލާވަޅު ހެދުމަށް ގަޑިއެއްގެ އިރު ހޭދަ ކުރުން ކަމަށް އޮވިއެޑޯ ޔުނިވާސިޓީން ބުނެއެވެ.
ފިލާވަޅު ހެދުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް ސްޓްރެސް އިތުރުކޮށްދޭ ކަމަކަށްވާއިރު ސިއްހީ އިތުރު މައްސަލަތަކަކަށްވެސް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދިރާސާއިން ހާމަވި ކަމަށް ޔުނިވާސިޓީން ބުނެއެވެ.