އެޕަލްގެ އިވެންޓެއްގައި ކުންފުނީގެ ސީއީއޯ ޓިމް ކުކް

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޕަލް އިން އެހީވަނީ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޕަލް އިން ހާމަކޮށްފިއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް މާސްކް ހަދިޔާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕްގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މާސްކް ހަދިޔާ ކުރާނެ ކަމަށް ޓިމް ވަނީ ބުނެފައެވެ.

"މިލިއަނުން" މާސްކް ހަދިޔާކުރާނެ ކަމަށް ޓިމް ބުނެފައިވާއިރު، ހަދިޔާކުރާ މާސްކްގެ ސީދާ އަދަދެއް ޓިމް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ގޮތުން އެޕަލް އިން މިހާތަނަށް އެއްޗެއް ބުނެފައިނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. ކޮވިޑް-19 މިހާރު އެންމެ ހަލުވިކޮށް ފެތުރެމުންދާ އެއްގައުމަކީ އިޓަލީއެވެ.