ޕީއެސް ލޯންޗް އިވެންޓްގެ ޕޯސްޓަރު

ޕީއެސް 5 ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

ސޮނީ ކޯޕަރޭޝަންގެ ޕްލޭސްޓޭޝަން 5 ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާނުކޮށްފިއެވެ.

ޕްލޭސްޓޭޝަން އިން ކުރި ޓްވީޓެއްގައި ހާމަކުރި ގޮތުގައި ޕީއެސް 5 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ބްރިޓިޝް ސަމާ ޓައިމް (ބީއެސްޓީ) ގަޑިން 11 ޖޫން ވަނަ ދުވަހުގެ ރޭ 09:00 ގައެވެ. އެއީ ރާއްޖޭ ގަޑިން 12 ޖޫން ދަންވަރު 01:00 އެވެ.

ޕީއެސް 5 ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހަފުތާ ތެރޭގައެވެ. ނަމަވެސް އެމެރިކާ ފުލުހުން ޖޯޖް ފްލޮއިޑް މަރާލުމާއި ގުޅިގެން އާންމުން ހަމަނުޖެހުންތައް ހިންގަން ފެށިއެވެ. އެއާއެކު މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބުނެ ޕީއެސް 5 ރިލީޒްކުރުން ފަސްކުރީއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ޕީއެސް 5 ލޯންޗް އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމް ކުރާނެއެވެ.