ހަންގަނޑު ތެޔޮވާނަމަ ކުރެވިދާނެ ބައެއް ކަންކަން

ސީބަމް އަކީ ހަންގަނޑު މޮއިސްޗަރައިޒްކޮށްދީ، ހަންގަނޑު އޮމާންކޮށް އަދި ރީތިކޮށްދޭ މާއްދާއެކެވެ. ނަމަވެސް މި މާއްދާ ގިނަ ވެއްޖެނަމަ، ހަންގަނޑު މާބޮޑަށް ތެޔޮވެ، މޫނުގައި ބިހި ނަގަން މެދުވެރިވެއެވެ.

އެހެންކަމުން މާބޮޑަށް ތެޔޮވެ ނުދިނުމަށްޓަކައި، ތިރީގައި މިވާ ގޮތަށް ކަންކަން ކުރެވިދާނެއެވެ.

ކޮންމެ ދުވަހަކު ހަންގަނޑު ސާފުކުރުން

ހަންގަނޑު ތެޔޮވިޔަ ނުދީ ކޮންޓްރޯލް ކުރަން ބޭނުންނަމަ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ދެފަހަރު، ހެނދުނާއި ރޭގަނޑު މޫނު ދޮވެ ސާފުކުރާށެވެ. ހަންގަނޑުގައި ތެޔޮކަން ވަރަށްބޮޑަށް ހުންނަ މީހުން ރަނގަޅީ އޮއިލް-ފްރީ ޖެލް ނުވަތަ ފޭސްވޮޝް އެއް ބޭނުންކުރުމެވެ.

ޓޯނާ ބޭނުންކުރުން

ކޮންމެ ދުވަހަކު ޓޯނާ ބޭނުންކުރުމުން، މޫނުގައި ހުންނަ ހަޑި އަދި ބޭކާރު ތެޔޮ ފިލުވާލަދެއެވެ. ރޯސްވޯޓާއަކީ ހަންގަނޑުގައި ބޭނުންކުރަން ވަރަށް ރަނގަޅު ޓޯނާއެކެވެ.

ގަވާއިދުން އެފޮލިއޭޓްކުރުން

އެފޮލިއޭޓް ކުރުމުން، ހަންގަނޑުގައި ހުންނަ ހަޑިތަކާއި މަރުވެފައި ހުންނަ ހަންތައް ދުއްވާލައެވެ. ތެޔޮ ހަންގަނޑު ހުންނަ މީހުން ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އެފޮލިއޭޓް ކުރަންވާނެއެވެ.

މޮއިސްޗަރައިޒް ކުރުން

ތެޔޮ ހަންގަނޑެއް ހުންނާތީ މޮއިސްޗަރައިޒް ކުރާކަށް ނުޖެހޭނެއޭ ހީވެދާނެއެވެ. ނަމަވެސް ތެޔޮ ހަންގަނޑެއް ހުއްޓެއް ކަމަކު ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތެޔޮ ހަންގަނޑެއް ނަމަ ތެޔޮ ނޫން ވޯޓާ-ބޭސް މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ.

ކޮންމެ ހަފުތާއަކު ފޭސް މާސްކް ބޭނުންކުރުން

އެފޮލިއޭޓްކުރުމަށްފަހު ފޭސްމާސްކް ބޭނުންކުރާށެވެ. ހަންގަނޑުގައި ހުންނަ ބޭކާރު ތެޔޮތައް، މީގެ ސަބަބުން ނައްތާލަދޭނެއެވެ.