ތުނބުޅި ރީތިކޮށް ބަހައްޓަން ބޭނުންތަ؟

ތުނބުޅި ދިގުކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ތުނބުޅިއަކީ ފިނިންނާއި ހޫނުންވެސް މޫނު ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިއީ ތުނބުޅި ރަނގަޅަށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ހޫނު ފެން ބޭނުން ނުކުރުން

ހޫނު ފެނުން ފެން ވަރާލުމުން ހަށިގަނޑަށް ހިތްހަމަ ޖެހުން ލިބެއެވެ. ނަމަވެސް ހޫނު ފެނުން ފެންވެރުމުން އޭގެ ނޭދެވޭ އަސަރު ތުނބުޅިއަށް ކުރެއެވެ. ހޫނު ފެނުން، ހަންގަނޑު ހިކޭ ގޮތްވެއެވެ. އެކަމުގެ ސަބަބުން ތުނބުޅިއަށް ކޮންމެހެން ބޭނުންވާ މާއްދާތައް ނެތިގެންދެއެވެ. ނަތީޖާއަކީ ތުނބުޅި ހިކި ކަހާގޮތްވުމެވެ.

މޮއިސްޗަރައިޒް ކުރުން

ތުނބުޅި ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ތުނބުޅި ދޮވުމަށް ހަފުތާއަކު ދެ ދުވަހަށްވުރެ އިތުރަށް ޝޭމްޕޫ ބޭނުން ނުކުރާށެވެ. ގިނައިން ކޮންޑިޝަނާ ބޭނުންކުރާށެވެ.

ތުނބުޅީގައި ފުނާ އެޅުން

ތުނބުޅީގައި ފުނާ އެޅުމުން ތުނބުޅީގައި އެއްވަރަކަށް ތެޔޮ ފެތުރިގެންދެއެވެ. އަދި ތުނބުޅީގައި ފުނާ އެޅުމަކީ، ތުނބުޅި ރީތިކޮށް ބެހެއްޓުމަށާއި ތުނބުޅި ރީތިކޮށް ފެޅުމަށް އެހީވެދޭނެ ކަމެކެވެ.

ބިއާޑް އޮއިލް އަދި ބާމު

ބިއާޑް އޮއިލްއަކީ ތުނބުޅީގައި ބޭނުންކުރުން އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. ފެންވަރައިގެން ނިކުމެ، ބިއާޑް އޮއިލް ހާކާށެވެ. މިއީ ތުނބުޅި އަދި ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. އަދި ތުނބުޅީގައި ބިއާޑް ބާމް ބޭނުންކުރެވިދާނެއެވެ. މީގެ ތުނބުޅީގެ އިސްތަށިތައް މަޑުކޮށްދީ ރީތިކޮށް ބަހައްޓައިދެއެވެ.