ޓޮމާޓޯ އިންލިބޭ ނިއުޓްރިޝަން އަދި ސިއްހީ ފައިދާތައް

ޓޮމާޓޯއަކީ ސިއްހީ ގިނަ ފައިދާތަކެއް އެއިން ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.

ދިވެހި ބަހުން "ވިލާތުބަށި" ގެ ނަމުން ނަންދެވިފައިވާ މި މޭވާގައި ޑައެޓަރީ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓް ލައިކޮޕޭން ހިމެނެއެވެ. މި މާއްދާގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.

ޓޮމާޓޯގައި ވިޓަމިން ސީ، ފޮޓޭސިއަމް، ފޮލޭޓް އަދި ވިޓަމިން ކޭ އެކުލެވިގެންވެއެވެ. ޓޮމާޓޯ އާންމުކޮށް ހުންނަނީ ރަތްކުލައިގައި ނަމަވެސް ފެހި، އޮރެންޖް، ރީނދޫ އަދި ދަނބުކުލައިގައި ވެސް ޓޮމާޓޯ ހުރެއެވެ. އަދި ތަފާތު ރަހަތައް ދޭ ޓޮމާޓޯވެސް ހުރެއެވެ.

ޓޮމާޓޯގެ ނިއުޓްރިޝަން ފެކްޓްސް

100 ގްރާމް ރޯ ޓޮމާޓޯއަކުން:

ކެލޮރީ: 18

ފެން: 95 އިންސައްތަ

ޕްރޮޓިން: 0.9 ގްރާމްސް

ކާބްސް: 3.9 ގްރާމްސް

ހަކުރު: 2.6 ގްރާމްސް

ފައިބާ: 1.2 ގްރާމްސް

ފެޓް: 0.2 ގްރާމްސް ލިބިދެއެވެ.

ޓޮމާޓޯއިން ލިބޭ ވިޓަމިންސް އަދި މިނަރަލްސް

ވިޓަމިން ސީ: މެދު ސައިޒްގެ ޓޮމާޓޯއަކުން، ހަށިގަނޑަށް ދުވާލަކަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 28 އިންސައްތަ ލިބިދެއެވެ.

ޕޮޓޭސިއަމް: ޕޮޓޭސިއަމްގެ ސަބަބުން ހޭލެ ޕްރެޝަރު ކޮންޓްރޯލް ކޮށްދީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.

ވިޓަމިން ކޭ1: ކަށީގެ ދުޅަހެޔޮކަމަށް މިއީ މުހިންމު މާއްދާއެކެވެ.

ފޮލޭޓް (ވިޓަމިން ބީ9): އާދައިގެ ޓިޝޫތައް އުފެދުމާއި ސެލްތަކުގެ މަސައްކަތަށް، ވިޓަމިން ބީ9 އަކީ މުހިންމު މާއްދާއެކެވެ. އަދި މިއީ މާބަނޑު މީހުންނަށްވެސް މުހިންމު މާއްދާއެކެވެ.

ޓޮމާޓޯ އިން ލިބޭ ބައެއް ސިއްހީ ފައިދާތައް

ހިތުގެ ދުޅަހެޔޮކަން

ހިތުގެ ބަލިތަކުގެ ތެރެއިން، މީހުން އެންމެ ގިނައިން މަރުވަނީ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހިގެންނެވެ.

ޓޮމާޓޯގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ. ހަމައެއާއެކު އެލްޑީއެލް (ނުރަނގަޅު) ކޮލެސްޓްރޯލް ދަށްކުރުމާއި ލޭހޮޅިތަކުގައި ލޭގަނޑުވުމުގެ ނުރައްކަލުން ދުރުކޮށްދިނުމަށް ޓޮމާޓޯ އެހީވެދެއެވެ.

ކެންސަރުން ދުރުކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުން ކެއުމުގައި ޓޮމާޓޯ ބޭނުންކުރުމަކީ، ޕްރޮސްޓޭޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ބަނޑުގެ ކެންސަރުން ދުރުކޮށްދިނުމަށް އެހީވެދެއެވެ.