ބަރުދަން ލުއިކުރުމަށް ފޮނިތޮށި!

ފޮނިތޮށްޓަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއްއޭގައި އެކުލެވޭ އެއްޗެކެވެ. ބަރުދަން ލުއިކުރުމަށާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކޮށްދިނުމަށް ފޮނިތޮށި އެހީވެދެއެވެ. އާދަޔާ ހިލާފަށް ފަލަވާނަމަ، ފޮނިތޮށި ހިމަނައިގެން ތައްޔާރުކުރާ ސައިތައްޓެއް ކޮންމެ ދުވަހަކު ބޯށެވެ. އޭރުން ބަނޑުގައި ސަރުބީ ޖަހާ މިންވަރު މަދުކޮށްދޭނެއެވެ.

ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ރަނގަޅު ސިއްހަތެއްގައި ހުރުމާއި ބަރުދަން ލުއިކުރުމަށް ރަނގަޅު ކާނާއާއެކު ކަސްރަތުކުރުންވެސް މުހިންމު ކަމެވެ.

ފޮނިތޮށި ސައި ތައްޔާރުކުރުމަށް

ބޭނުންވާ ތަކެތި:

1 ޖޯޑު ފެން

1 ސައި ސަމުސާ މާމުއި

1/2 ލުނބޯ

1 ފޮނިތޮށި

ތައްޔާރުކުރާނެ ގޮތް:

ފޮނިތޮށީގެ ވަސް ރަނގަޅަށް ދުވަންދެން ފެނުގައި ކައްކާލުމަށްފަހު އޭގެ ތެރެޔަށް ލުނބޮލެއްގެ ހުތް ފެލާލުމަށްފަހު މާމުއި ފޮދެއް އަޅާ ރަނގަޅަށް ގިރާލާށެވެ. މިހާރު ތިހުރީ ފޮނިތޮށި ސައި ތައްޔާރުވެފައެވެ. ފޮނިތޮށި ސައި އިތުރަށް މީރުކޮށްލަން ބޭނުންނަމަ އިނގުރު ނުވަތަ ކާފޫރުތޮޅި އިތުރުކުރެވިދާނެއެވެ.