އީއޭ ސްޕޯޓްސްގެ ވީޑިއޯ ސްކްރީން ޝޮޓެއް

ފީފާ 23 އަށް ޔުވެންޓަސް އަންނަނީ

އީއޭ ސްޕޯޓްސްގެ "ފީފާ 23" އަށް، ޔުވެންޓަސް އަނބުރާ ގެންނަ ނިންމައިފިއެވެ.

"ފީފާ 23" ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ޔުވެންޓަސް ފުޓްބޯޅަ ޓީމުގެ އިތުރުން، ޔުވެންޓަސްގެ ސްޓޭޑިއަމްވެސް "ފީފާ 23" އަށް އަންނާނެއެވެ.

އީއޭ ސްޕޯޓްސް އާއި ފީފާއާ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް ގެންނަން މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން އީއޭގެ ފުޓްބޯޅަ ވީޑިއޯ ގޭމް "ފީފާ" މި އަންނަ އަހަރުން ފެށިގެން ނުނިކުންނާނެއެވެ. އީއޭ ސްޕޯޓްސް ފީފާގެ ބަދަލުގައި ދެން ނެރޭނީ "އީއޭ ސްޕޯޓްސް އެފްސީ" އެވެ.

"ފީފާ 23" ގައި އިތުރު އަންހެން ފުޓްބޯޅަ ޓީމުތަކެއްވެސް ފެންނާނެ ކަމަށް އީއޭ އިން ވަނީ ބުނެފައެވެ.