ސްްނެޕްޗެޓް ޑެއިލީކޮށް ބޭނުންކުރާ މީހުންގެ އަދަދު 249 މިލިއަނަށް

ސްްނެޕްޗެޓް ޑެއިލީކޮށް ބޭނުންކުރާ މީހުންގެ އަދަދު 249 މިލިއަނަށް އަރައިފިއެވެ. ސްނެޕްޗެޓުން ހާމަކުރި ގޮތުގައި މިއީ އުންމީދުކުރި މިންވަރަށްވުރެވެސް އިތުރު މިންވަރެކެވެ.

އަހަރުން އަހަަރަށް ބަލާއިރު، މިއީ 18 އިންސައްތައިގެ އިތުރުވުމެކެވެ. ސްނެޕްޗެޓްގެ އާމްދަނީވެސް ވަނީ މި މުއްދަތުގައި 52 އިންސައްތައަށް އިތުރުވެފައެވެ. އެއީ 679 މިލިއަން ޑޮލަރެވެ.

ސްނެޕްޗެޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާގައި ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އުމުރުން 13 އަހަރާއި 24 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނާއި މީހުންނެވެ. އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އުމުރުން 13 އަހަރާއި 34 އަހަރާއި ދެމެދުގެ ކުދިންނާއި މީހުންނެވެ.