ވިންޑޯސް 10އެކްސް ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު

މައިކްރޯސޮފްޓްގެ ވިންޑޯސް 10އެކްސް ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވިންޑޯސް 10އެކްސް އަކީ، މައިކްރޯސޮފްޓްގެ އާ ވިންޑޯސް ވާޝަނެވެ. ސިންގަލް-ސްކްރީންޑް ޑިވައިސްތަކަށް ވިންޑޯސް 10އެކްސް ގެނައުމަށް އިސްކަންދޭނެކަން މައިކްރޯސޮފްޓުން ހާމަކުރީ މޭ މަހުގެ ތެރޭގައެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރުގެ ސްޕްރިންގް ގެ ކުރިން ވިންޑޯސް 10އެކްސް ރިލީޒްކުރާނެ ކަމަކަށް ނުބެލެވެއެވެ. ޑުއަލް-ސްކްރީން ޑިވައިސްތަކަށް ވިންޑޯސް 10އެކްސް އަންނާނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސާފޭސް ނިއޯ އަދި އެހެނިހެން ޑުއަލް-ސްކްރީން ޑިވައިސްތަކަށް ވިންޑޯސް 10އެކްސް ޑިވެލޮޕްމެންޓް، މައިކްރޯސޮފްޓުން މަޑުޖައްސާލީ ކޮވިޑް-19 އާ ގުޅިގެންނެވެ.