ހަނޑޫފެނަކީ ހަންގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެއް

ތައްޔާރުކޮށްލަން ފަސޭހަ، އަތުން އިތުރު ހަރަދެއްނުދާ ހަނޑޫ ފެނަކީ ހަންގަނޑު ސާފުކޮށްދޭ ހަންގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ގިނަ އަދަދެއްގެ ޕްރޮޓީން އާއި ކާރބޯހައިޑްރޭޓް ހަނޑޫފެނުގައި އެކުލެވިގެންވެއެވެ. މިއީ ޖަޕާންގެ ކޮސްމެޓިކްތަކުގައިވެސް ހިމަނާ އެއްޗެކެވެ.

ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކު ދެތިން ފަހަރު ކަފަ ކޮޅެއް ހަނޑޫ ފެނުން ތެއްމާލުމަށްފަހު މޫނުގައި ހާކާށެވެ. އަދި ތެތްކަން ހިކެންދެން ބަހައްޓާށެވެ.

ހަނޑޫފެން ހެދޭނެ 3 ގޮތް:

ބައިގަޑިއިރު ވަންދެން ހަނޑޫ ފެނުލުން

ކެއްކުން: ބަތް ކައްކަން އަޅާވަރަށް ވުރެން ދެ ގުނަފެނުގައި ކައްކާފައި ގިނަވާ ފެންފޮދު ފުރާނާލާށެވެ. ބޭނުން ކުރާއިރު އިތުރު ފެނާއި އެއްކޮން ބޭނުން ކުރާށެވެ.

ގިނަ އިރު ހަނޑޫ ފެނުލުން: 12 ގަޑި އިރުވަންދެން ހަނޑޫ ފެނުލާށެވެ. މި ގޮތަށް ފެނުލުމުން ގިނަ ވިޓަމިން އާއި ނިއުޓްރިއެންޓްސް ފެނުގައި ހިމެނޭނެއެވެ.

ވާ ފައިދާތައް:

- ހަންގަނޑު އޮމާންވުން

- ހަންގަނޑު މަޑުވުން

- ޕޯރސް ތައް ކުޑަކުރުން

- އޮށާޅަ މަދުކުރުން

- އަވިން އެނދުމުން ހަންގަނޑަށް ފަސޭހަ ކުރުން

ހަނޑޫފެނުން އިސްތަށިގަނޑަށްވެސް ވަރަށް ފައިދާ ކުރާނެއެވެ. ހަނޑޫ ފެނުން އިސްތަށިގަނޑު ދޮވުމުން، އިސްތަށިގަނޑު އޮމާންވެ، ވަރުގަދަވާނެއެވެ. ޝޭމްޕޫލައިފާ ކޮންޑިޝަން ކުރުމަށް ފަހު ހަނޑޫ ފެނުންދޮވެ ބޯ ރަނގަޅަށް މަސާޖު ކުރާށެވެ. އެޔަށްފަހު ފެނުން އިސްތަށިގަނޑު ދޮވެލާށެވެ.