އަނގައިން ނުބައިވަސް ދުވުމުން ދުރުވެ، އަނގަތެރޭގެ ސިއްޙަތު ދަމަހައްޓާނެ ގޮތް

އަނގަތެރެއިން ނުބައިވަސް ދޮވުމަކީ ގިނަފަހަރަ އަމިއްލަ މީހާއަށް ފާހަގަ ނުވެދާނެ ކަމެކެވެ. އެހެންކަމުން ގިނަފަހަރު މިކަމަށް ދެވެންޖެހޭ ސަމާލުކަމެއް ނުދެވި އަނގަތެރޭގެ ސިއްހަތައް އޮންނަނީ އަޅާލުން ނުދެވިފައެވެ. މާ ގިނައިން އަނގައިން ނުބައިވަސް ދޮވާނަމަ އެކީގައި އުޅޭމީހުންވެސް އެމީހަކު ބާކީކޮށްލަދާނެއެވެ.

އަނގައިން ނުބައިވަސް ދޮވަނީ ކީއްވެ؟

އަނގައިން ނުބައިވަސް ދޮވަނީ ސަލްފާ އާއި ކީޓޯންސް ފަދަ މޮލިކިއުލްސްއިންނެވެ. މި ދެ ބާވަތް އުފެދެނީ މީހުން ކާ އެއްޗެހީގެ ސަބަބުންނެވެ. ކާ ބޭހެއްގެ ސަބަބުންވެސް މި ދެ ބާވަތް އުފެދިދާނެއެވެ. އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެހެން ސަބަބުތަކުގެ ތެރޭގައި ނޭވާލުމުގެ ނިޒާމާއި، ހަޖަމުކުރުމުގެ ނިޒާމުގައި ނުވަތަ ކުޑަކަމުދިޔުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުން ހިމެނެއެވެ. ކާއެއްޗެހި ދަތުގައި ތާށިވެފައި ހުރެ، ގިނައިރުވުމުން އެ އެއްޗެހި ޖަރާސީމަށް ބަދަލުވެގެންވެސް ނުވައި ވަސް ދޮވައިދާނެއެވެ.

ހައްލަކީ ކޮބައި؟

  • އަނގަދޮންނަ ކަހަލަ ބޭސް، ސްޕްރޭ، ޗުއިންގަމް ކަހަލަ ތަކެތި ވަގުތީ ހައްލަކަށް ބޭނުން ކުރުން
  • އަނގަތެރޭގެ ބަލި ތަކަށް ފަރުވާ ހޯދުން (ހިރުގަނޑުގެ މައްސަލަތައް)
  • ރަނގަޅަށް ބަލާފައި އެމީހަކާއި ގުޅޭ ގޮތަށް ބުރުހާއި ބޭސް ގަތުން
  • ކޮންމެ 6 މަހަކުން އެއްފަހަރު ދަތުގެ ޑޮކްޓަރަކަށް ދައްކާ ދަތް ސާފުކުރުމުން އަނގަތެރޭގެ ސިއްޙަތު ދެމެހެއްޓި ނުބައިވަސް ދޮވުމުން ސަލާމަތް ވާނެއެވެ.
  • ރަނގަޅު ބުރުސް ބޭނުންކޮށް، ފްލޮސް ކުރުން
  • ދަތް އުނގުޅާއިރު މަޑުމަޑުން އުގުޅުމަށް ސަމާލުކަންދީ ދޫ ސާފު ކުރުން
  • ދަތް ފަނި ކައިފަހުރުމުންވެސް ނުބައިވަސް ދުވައެވެ. ފަނި ކައިފާ ހުންނަ ދަތްތަކަށާއި ޖަރާސީމު އަށަގަނެފައި ހުންނަ ދަތް ތަކަށް ފަރުވާ ހޯދުން
  • ނުބައިކޮށް ޖެހިފައި ހުންނަ ނަރުގަނޑާއި ގިނަދުވަސް ވެފައި ހުންނަ ކްރައުން ބަދަލުކުރުން
  • ހަކުރުބަލީގެ ސަބަބުން ނުބައި ވަސް ދުވާނަމަ، ހަކުރު ހުންނަ މިންވަރު ރަނގަޅަށް ބެލުން
  • ދަތުގެ ޑޮކްޓަރަށް ދައްކާ ކޮންމެ އަހަރަކުވެސް ޗެކް-އަޕް ހެދުން