ފޭކް އައިފޯނު

އައިފޯނު 11 ޕްރޯއަކަށް އޯޑަރު ކުރުމުން ލިބުނީ ފޭކް ފޯނެއް

އޮންލައިން ފްރޯޑްސް އަކީ މިހާރު ވަރަށް އާންމު ކަމަކަށް މި ވަނީ ވެފައެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ. އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ އެގައުމުގެ މީހަކު، އައިފޯނު 11 ޕްރޯ އަކަށް އޯޑަރު ކުރުމުން ލިބުނީ ފޭކު ފޯނެކެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ރަޖާނީ ކަންތު ނަމަކަށް ކިޔާ އެ މީހާ، އައިފޯނު 11 ޕްރޯގެ 64 ޖީބީގެ ފޯނަކަށް އޯޑަރު ކުރީ ފްލިޕްކާޓުންނެވެ. އެ ފޯނު ގަތުމަށް ރަޖާނީ ވަނީ 93900 ރުޕީސް ހޭދަކޮށްފައެވެ.

ފްލިޕްކާޓުން ލިބުނު ޕާރިސަލްގެ ސެކިއުރިޓީ ޓޭޕްތައް ކަނޑާލާ މަންޒަރާއި ފޮށީގައި އޮތް ފޯނު ނަގާ މަންޒަރުގެ ވީޑިއޯ ރަޖާނީ ވަނީ ރިކޯޑްކޮށްފައެވެ.

ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރަޖާނީ ބުނި ގޮތުގައި އެ ފޯނުގައި ވަނީ އައިއޯއެސް އެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފޯނުގައި ވަނީ އެންޑްރޮއިޑް އެޕްސް އާއި މަސްހުނި އޯއެސް އެއްކަމަށް ރަޖާނީ ބުންޏެވެ.

ތާޑް ޕާޓީ ކުންފުނިތަކުން، ފޭކު އުފެއްދުންތައް ވިއްކުމަށް ފްލިޕްކާޓް ބޭނުން ކުރެއެވެ. ފޭކް ފޯނުގެ މައްސަލަ ރަޖާނީ ވަނީ ފްލިޕްކާޓްގެ ސަމާލުކަމަށް ގެނެސް އެ މައްސަލަ ޖައްސާފައެވެ. ނަމަވެސް އޭގެ ބަދަލު އަދި އޭނާއަށް ނުލިބެއެވެ.

ސަންގުސަން

ކޮބާ އެހެންވެޔޭ މަ އާފަލު ފޯނު ނުގެންގުޅެނީ