އައުޓްޑޯ ދުވުމާއި ޓްރެޑްމިލްގައި ދުވުން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިސްކަންދޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުމަތީގައި ދުވާ މީހުންނާއި ޖިމަށްދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ބައެއް މީހުން އިހުތިޔާރުކުރަނީ ޓްރެޑްމިލްގައި ދުވުމަށެވެ. އަނެއްބައި މީހުން އިހުތިޔާރުކުރަނީ މަގުމަތީގައި ނުވަތަ އައުޓްޑޯ ދުވުމަށެވެ. މި ދެ ގޮތްވެސް ރަނގަޅެވެ. ނަމަވެސް މި ދެ ބާވަތުގެ ދުވުމުގައި ބައެއް ތަފާތުތައް ހުރެއެވެ.

އައުޓްޑޯ ދުވުން

އައުޑްޑޯ ގައި ދުވާ މީހުން ބުނާ ގޮތުން، ދުވުމުގެ ހަގީގީ އިހުސާސު ކުރެވެނީ ޓްރެޑްމިލް ދޫކޮށް މަގުމަތީގައި ދުވުމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުން، ޓްރެޑްމިލްގައި ދުވުމަށްވުރެ އައުޓްޑޯގައި ދުވުމުން ކަށިތަކަށް ކުރާ ފައިދާ ބޮޑެވެ.

ޓްރެޑްމިލްގައި ފަދަ ކުޑަ ތަންކޮޅެއްގައި ދުވުމުން، ހަގީގީ ފްލެކްސިބިލިޓީ ނުރެވެއެވެ. ނަތީޖާއަކީ އައުޓްޑޯ ދުވުމުން ހަށިގަނޑުގެ މަސްތަކަށްވެސް ލިބޭ ފައިދާ ބޮޑުވުމެވެ.

ޓްރެޑްމިލްގައި ދުވުން

ކޮންޓްރޯލްޑް މާހައުލެއްގައި ދުވަން ބޭނުންނަމަ އިހުތިޔާރުކުރަންވީ ޓްރެޑްމިލްއެވެ. ދުވަން ބޭނުންވާ ސްޕީޑް އާއި ވަގުތު އިހުތިޔާރުކޮށްލެވޭނެއެވެ. އިންޓަވަލްތަކާއި ރިކަވަރީ ނަގަންވުމުން ޓްރެޑްމިލް އެކަން ބުނެދޭނެއެވެ.

ކާޑިއޯ ހަދަން ބޭނުންވާ މީހުންނާއި ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން ދުވުން ބަހައްޓަންވީ ގޮތް ޓްރެޑްމިލް އިން ބުނެދޭއެވެ.

ވެހިކަލެއް ފަދަ އެއްޗެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފާނެތީ އައުޓްޑޯގައި ދުވަން ޖެހިލުންވާ މީހުންނަށްވެސް ޓްރެޑްމިލްއަކީ ރަނގަޅު އިހުތިޔާރެކެވެ.