ކެލިފޯނިއާގައި ހުރި އެޕަލްގެ ސްޓޯރްތައް ބަންދުކޮށްފި

ކޮވިޑް-19 އައުޓްބްރޭކް އާ ގުޅިގެން، ކެލިފޯނިއާގައި ހުރި އެޕަލްގެ ސްޓޯރްތައް ބަންދުކޮށްފިއެވެ.

ކެލިފޯނިއާގައި ހުރި އެޕަލްގެ 53 ސްޓޯރް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އޭގެ އިތުރުން ޔޫކޭ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ޔޫކޭގައި ހުރި އެޕަލްގެ 16 ސްޓޯރެއް ވަނީ ބަންދުކޮށްފައެވެ.

އެޕަލް އިން ބުނީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެޕަލް އިން ވަނީ ބުނެފައެވެ.

މިހާރު ލިބިފައިވާ އޯޑަރުތައް، ކަސްޓަމަރުން ޒިޔާރަތްކޮށްގެން ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. ސްޓޯރްތައް އަލުން ހުޅުވާލެވޭނެ ކަމަށް ލަފާކުރާ ތާރީހެއް އެޕަލް އިން ހާމައެއް ނުކުރެއެވެ.