މިރުހުން ސިއްހީ ގިނަ ފައިދާތަކެއް

ޗިލީޕެޕާ ނުވަތަ ކެޕްސިކަމް އަކީ އޭގެން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކާއި ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް ލިއްބައިދޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ބީ6، ވިޓަމިން ކޭ1، ވިޓަމިން އޭ، ޕޮޓޭސިއަމް އަދި ކޮޕާ ހިމެނެއެވެ.

ގިނަ މީހުންނަށް ގަބޫލު ކުރާ ގޮތުން، ބަނޑުގައި މާގިނައިން ގޭސް އުފެދޭނަމަ މިރުސް ކެއުން ރަނގަޅެއް ނޫނެވެ. ނަމަވެސް ގޭސް އުފެދުމުން ބަނޑުގައި އުފެދޭ ނުރަނގަޅު ބެކްޓީރިޔާ ހުއްޓުވާ ބަނޑުގެ ރިހުން ކުޑަކޮށްދިނުމަށް މިރުސް އެހީވެދެއެވެ.

ކޮންމެ ދުވަހަކު މަދުވެގެން ދެ ސައި ސަމުސާގެ މިރުސް ބޭނުން ކުރާނަމަ، އެ ދުވަހަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން އަދި މިނަރަލްސް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން އިންފެކްޝަން ޖެހުމާ ދުރުވެ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ.

މިރުހުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، ގައިގަރިހުން ކުޑަކޮށްދިނުމާއި، ބަރުދަން ލުއިކުރުމަށް އެހީވެދިނުމުގެ އިތުރުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށްދިނުމަށް އެހީވެދިނުން ހިމެނެއެވެ.

ވަރަށް ފަހުން އިޓަލީގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މިރުސް ކެއުމަކީ ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. 23000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާ އިން ދައްކާ ގޮތުގައި، ހަފުތާއަކު މަދުވެގެން ހަތަރު ދުވަހު ކެއުމުގައި މިރުސް ބޭނުންކުރާނަމަ، ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް ދައްވެގެން ދެއެވެ.

ކަނޑޫދޫ ކަޅު ސޮރު

ކަނޑޫދޫ މިރުހުގެ އަސަރު އަދި ތި ސައިންސްވެރިން ތަޖުރިބާ ނުކުރަނީ ދޯ