މައިކްރޮވޭވް މެކް އެންޑް ޗީސް

ބޭނުންވާ ތަކެތި:

½ ޖޯޑު މެކަރޯނި

½ ޖޯޑު ފެން

ރަހަލާ ވަރަށް ލޮނު ކޮޅެއް

ރަހަލާވަރަށް މުގުރި އަސޭމިރުސް ކޮޅެއް

ގާނާފައި ހުރި މޮޒެރެއްލާ ޗީސް

ކުޑަ ކިރު ފޮދެއް

 

ތައްޔާރުކުރާނެ ގޮތް:

ޖޯޑަކަށް މެކަރޯނި ކޮޅާއި، ފެން ފޮދާއި، ލޮނު ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 2-3 މިނެޓް ވަންދެން މައިކްރޯވޭވް ކޮށްލުމަށްފަހު ނެރެ އަނެއްކާވެސް އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކިރު ފޮދާއި ޗީސްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން 30 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލުމުން ރެސެޕީ ތައްޔާރުވީއެވެ.