ޕޫޖާ: ބަރުދަން ލުއިކޮށްލުމުގެ ފަހުން އަދި ބަރުދަން ލުއި ކޮށްލުމުގެ ކުރިން

92 ކިލޯ އިން 62 ކިލޯއަށް ބަރުދަން ލުއިކޮށްލި މަންމަ އެއް

މިފަހަރު މި ގެނެސްދެނީ 92 ކިލޯ އިން 62 ކިލޯއަށް ބަރުދަން ލުއިކޮށްލި މަންމަ އެއްގެ ވާހަކައެވެ. އުމުރުން 35 އަހަރުގެ ޕޫޖާ ޕަންދިތު، އޭނާގެ ބަރުދަނުން 30 ކިލޯ ލުއިކޮށްލީ ފަސް މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައެވެ.

ޕޫޖާ އޭނާގެ އަންހެން ދަރިފުޅަށް ބަލިވެ އިނދެ، ވިހަން އޮތް ދުވަހު ބަރުދަން ބެލިއިރު، ޕޫޖާގެ ބަރުދަނުގައި ހުރީ 92 ކިލޯއެވެ. ދަރިފުޅު ވިހެއުމަށްފަހު، ޕޫޖާ އުންމީދުކޮށްގެން ހުރީ ޕޫޖާގެ ބަރުދަނުން ހަ ކިލޯ އާއި ހަތް ކިލޯއާ ދެމެދުގެ މިންވަރެއް ލުއިވާނެ ކަމަށެވެ. ނަމަވެސް ބަރުދަން ލުއިވީ 89 ކިލޯއަށެވެ.

ފަލަވުމުގެ ސަބަބުން، ކުރިން ބޭނުންކުރި ޖިންސާއި ހެދުންތައް ނުލެވޭތީ އާ ހެދުން ހޯދަން ޖެހުނެވެ. އެހިސާބުން، ފިރިމީހާގެ އެހީއާއެކު ކެއުމަށް ބަދަލު ގެނެސް ކަސްރަތު ކުރަން ފެށި ކަމަށާއި ބަރުދަން 100 ކިލޯއަށް އަރަން ބޭނުން ނުވަތީ ފިރިމީހާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރީ ކަމަށް ޕޫޖާ ބުންޏެވެ.

ހެނދުނުގެ ނާސްތާ: (މީގެ ތެރެއިން ކޮންމެ ދުވަހަކުވެސް ވަކި އެއްޗެއް އިހުތިޔާރު ކުރާ ގޮތަށް) އުޕްމާ، ދޯސާ ޗަޓްނީ، އޯޓްސް ޕޮރޭޖް، ރަވާ ދޯސާ، ޕޯހާ، ޕަނީރް ޗަންކްސް (170 ގްރާމް) އަދި އިދްލީ.

މެންދުރުގެ ކެއުން: 1 ޗަޕާތީ، ބޯތައްޓެއްގެ ދާލް އަދި ތަރުކާރީ ކޮޅެއް

ރޭގަނޑުގެ ކެއުން: 1 ޗަޕާތީ، ބޯތައްޓެއްގެ ދާލް އަދި ތަރުކާރީ ކޮޅެއް. ނުވަތަ ކަނޑުމަހާއި ކުކުޅު (2 މަސް ފޮތި)، ބަތްކޮޅަކާއި ދާލް

ޕޫޖާ ބުނި ގޮތުގައި އޭނާއަކީ ޖިމަށްދާން ބޭނުންވާ މީހެއް ނޫނެވެ. ކަސްރަތު ކުރުމަށް ޕޫޖާ ކޮންމެ ދުވަހަކުވެސް 6 ކިލޯ މީޓަރާއި 8 ކިލޯ މީޓަރަށް ހިނގައެވެ. އަދި ފެތުމަށް އެއް ގަޑިއިރު ހޭދަކުރެއެވެ.

ބަރުދަން ލުއިކުރަން މަސައްކަތް ކުރިއިރު، ކެއުމަށް ރަނގަޅު ބަދަލެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްކަން އެނގުނު ކަމަށާއި ބަރުދަން ލުއިކުރުމަކީ ކެތްތެރިކަމާއެކު ކުރެވޭނެ ކަމެއްކަން އެނގުނު ކަމަށް ޕޫޖާ ބުންޏެވެ.

ޕޫޖާ ބުނި ގޮތުގައި އޭނާ މިހާރު ކާ އެއްޗެއް ކެއުމުގެ ކުރިން އޭގެ ކެލޮރީ ބަލައެވެ. ހަކުރު ގިނައިން އެކުލެވޭ ބުއިންތައް، ބުއިން މިހާރު ހުއްޓާލާފައިވާ ކަމަށާއި ޗޮކްލެޓާއި ތެލުލާފައިވާ ތަކެތި ކެއުން ހުއްޓާލާފައިވާ ކަމަށް އޭނާ ބުންޏެވެ.