ޝިވަމް: ބަރުދަން ލުއިކޮށްލުމަށްފަހު ނަގާފައިވާ ފޮޓޯއަކާޢި، ފަލަ އިރު ނަގާފައިވާ ފޮޓޯއެއް

ފަލަވުމުގެ ސަބަބުން ލޯބިވެރިޔާވެސް ދިޔައީ ދުރަށް

މިއީ އުމުރުން 22 އަހަރުގެ ޝިވަމް މުންޖަލްއެވެ. ޝިވަމްގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު އޭނާގެ ބަރުދަނުގައި 99 ކިލޯ ހުއްޓެވެ. ޝިވަމްގެ ލޯބިވެރިޔާ ޝިވަމްއާ ދުރަށް ދިޔައީ، ޝިވަމް ފަލަވުމުގެ ސަބަބުންނެވެ.

ޝިވަމް ބުނި ގޮތުގައި، އޭނާގެ ބަރުދަން އިތުރުވުމުގެ ސަބަބުން އަވަހަށް ވަރުބަލިވެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ބަރުދަން ލުއިކުރަން މަސައްކަތެއް ކުރަންޖެހޭކަން ޝިވަމްއަށް ގަބޫލުކުރެވުނެވެ.

ހަތް މަސް ދުވަހުގެ މަސައްކަތުން ޝިވަމް ވަނީ އޭނާގެ ބަރުދަނުން 25 ކިލޯ ލުއިކޮށްލާފައެވެ. މިހާރު ޝިވަމްގެ ބަރުދަނުގައި ހުރީ 74 ކިލޯއެވެ.

ޝިވަމް ބަރުދަން ލުއިކުރަން ކުރި މަސައްކަތާއި ކެއިންބުއިން ކުރިއަށް ގެންދިޔަ ގޮތް

ހެނދުނުގެ ނާސްތާ: ޖޯޑެއްގެ އޯޓްސް އިން މިލްކް، އަލްމޮންޑް އާއި ވޯލްނަޓްސް.

މެންދުރުގެ ނާސްތާ: 2 ޗަޕާތީސް، 1 ބޯތަށި ދާލް، ސެލެޑް އަދި 1 ބޯތަށި ވެޖިޓަބަލް ރައިތާ.

ރޭގަނޑުގެ ނާސްތާ: ކަސްރަތަށްފަހު ޕްރޮޓީން ޝޭކް އަދި އޭގެ އެއް ގަޑިއިރު ފަހުން ޕަނީރް ނުވަތަ ސޯޔާ ބީންސް

ކަސްރަތުކުރުން: ޝިވަމް ބުނި ގޮތުގައި މިފަހަރު އޭނާ ބަރުދަން ލުއިކުރުމަށް އޭނާ ޖިމަކަށް ނުދެއެވެ. ޑަމްބެލް ބޭނުންކޮށްގެން ކުރާ ކަސްރަތުތައް ކުރީ ގޭގައި ހުރެގެންނެވެ.

ހޯމަ ދުވަހު: ޗެސްޓް ކަސްރަތު އަދި 30 މިނެޓް ކާޑިއޯ

އަންގާރަ ދުވަހު: ބުރަކަށީގެ ކަސްރަތު އަދި ޖޮގިން 30 މިނެޓް

ބުދަ ދުވަހު: އަތުގެ ކަސްރަތު އަދި ކާޑިއޯ

ބުރާސްފަތި ދުވަހު: ޓަބާޓާ ވޯކްއައުޓް. މިއީ މުޅި ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ހަރަކާތްތަކެއް ހިމެނޭ ކަސްރަތެއް.

ހުކުރު: ކޮނޑުގެ ކަސްރަތު އަދި ކާޑިއޯ

ހޮނިހިރު އަދި އާދިއްތަ: ކަސްރަތު ނުކުރަން.

ޝިވަމް ބުނީ، ބަރުދަން ލުއިކުރުމަށް ހިތްވަރު ބޭނުންވާ ކަމަށެވެ. އަހަރުތަކެއް ކުރިން ޖިމަކަށް ދިޔަ ނަމަވެސް ކަސްރަތުކުރުމަށް 100 އިންސައްތަ އެއްބާރުލުން ނުދެވޭ ކަމަށް ޝިވަމް ބުންޏެވެ. ނަތީޖާއަކީ އޭރު ބަރުދަން ކުޑަކޮށް ލުއިވިނަމަވެސް، އަލުން ބަރުދަން އިތުރުވުން ކަމަށް އޭނާ ބުންޏެވެ. ބަރުދަން ލުއިކުރުމަށް، ސިއްހަތަށް ފައިދާ ހުރި ކާނާތައް މުހިންމު ކަމަށްވެސް ޝިވަމް ފާހަގަކުރެއެވެ.