ނިކޮންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ފޮޓޯ - ފޮޓޯއިން ފެންނަ ކެމެރާ އާއި ނިކޮންއިން ނެރޭ ކެމެރާގައި ތަފާތުތަކެއް ހުރެދާނެ ކަމަށް ނިކޮން އިން ބުނެފައިވޭ

ނިކޮންއިން އަނެއްކާވެސް ފުލް-ފްރޭމް މިރޯލެސް ކެމެރާއެއް

ފުލް-ފްރޭމް މިރޯލެސް ކެމެރާއެއް ބާޒާރަށް ނެރުމަށް ނިކޮންއިން އަނެއްކާވެސް ތައްޔާރުވެއްޖެއެވެ.

ނިކޮންއިން މި ކެމެރާއަށް ދީފައިވާ ނަމަކީ ޒެޑް 9 އެވެ. މި ކެމެރާ މިއަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ނިކޮންއިން ވަނީ ބުނެފައެވެ.

ޖަޕާންގެ ކުންފުނި، ނިކޮންއިން ހާމަކުރި ގޮތުގައި މި ކެމެރާއަކީ އެ ކުންފުނީގެ ތާރީހުގައިވެސް ނެރޭ ސްޓިލް އަދި ވީޑިއޯ އެންމެ ރަނގަޅަށް ނެގޭނެ ކެމެރާއެވެ. ޕްރޮފެޝަނަލް ފޮޓޯ ނެގުމަށް ބޭނުންވާ މީހުންނަށް ބޭނުންތެރި ސިފަތައް މި ކެމެރާގައި ހުންނާނެ ކަމަށްވެސް ނިކޮންއިން ވަނީ ބުނެފައެވެ.

ނިކޮންއިން ހާމަކުރި ގޮތުގައި މި ކެމެރާއަކީ ސިނެމަޓޮގްރާފަރުންނަށްވެސް ހާއްސަ ކެމެރާއެކެވެ. މި ކެމެރާގައި 8ކޭ ވީޑިއޯ ރިކޯޑިން ސަޕޯޓްކުރާނެ ކަމަށްވެސް ނިކޮންއިން ވަނީ ބުނެފައެވެ.