އޯރިއޯ މިލްކްޝޭކް

 

ބޭނުންވާ ތަކެތި:

8 އޯރިއޯ ބިސްކޯދު

3 ސްކޫޕް ވެނިލާ އައިސްކްރީމް

1 ޖޯޑު ކިރު

ހަދާނެ ގޮތް:

6 އޯރިއޯ ބިސްކޯދާއި، އައިސްކްރީމް އާއި ކިރު ފޮދު ބްލެންޑަރ އަކަށް އަޅާފައި އެއްކޮއްލާށެވެ. ރަނގަޅަށް ހުރިހާ ބިސްކޯދު ތަކެއް އެއްވަރަށް ފުނޑުވުމުން މިލްކްޝޭކް ތައްޓަށް އަޅާށެވެ. ބާކީ އޮތް ދެ އޯރިއޯ ބިސްކޯދު ކުދިކޮށް ފުނޑު ކޮއްލާށެވެ. (ޕްލާސްޓިކް ކޮތަޅަކަށް ލައިފާ އަތުން ފުނޑުކޮއްލުމުންވެސް ރަނގަޅުވާނެއެވެ.) ފުޑު ކޮއްލާފައި މިލްކްޝޭކް މައްޗަށް ގާނިޝް ކޮއްލަން ބިސްކޯދުތައް އަޅާލާށެވެ.

މި ރެސިޕީއިން 2 ތަށި މިލްކްޝޭކް ހެދޭނެއެވެ.