އިންޑިއާގައި ޕަބްޖީ މޯބައިލް މަނާކޮށްފި

ޕަބްޖީ މޯބައިލް އެޕްލިކޭޝަން ހިމެނޭ ގޮތަށް 118 އެޕްލިކޭޝަނެއް އިންޑިއާގައި މަނާކޮށްފިއެވެ.

މި އެޕްލިކޭޝަންތައް އިންޑިއާގައި މަނާކޮށްފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެކްޓިވްކޮށް ޕަބްޖީ ގޭމް ކުޅޭ 50 މިލިއަނަށްވުރެ ގިނަ މީހުން އިންޑިއާގައި އުޅެއެވެ. އަދި ކޮންމެ ދުވަހަކު ޕަބްޖީ ކުޅޭ މީހުންގެ އަދަދު 13 މިލިއަނަށް އަރައެވެ.

ބުދަ ދުވަހުން ފެށިގެން ޗައިނާގައި އަލަށް މަނާ ކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ގޭމް އެޕްލިކޭޝަންތަކާއި އޮންލައިން ޕޭމަންޓް ހިދުމަތްދޭ އެޕްލިކޭޝަންތަކުގެ އިތުރުން ޑޭޓިން އެޕްލިކޭޝަންތަކާއި ފޮޓޯ އެޑިޓްކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތައް ހިމެނެއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާއިން ވަނީ ޗައިނާގެ 59 އެޕްލިކޭޝަނެއް އިންޑިއާގައި މަނާކޮށްފައެވެ. އޭގެ ތެރޭގައި ޓިކްޓޮކް އާއި ވީޗެޓް އަދި ޔޫސީ ބްރައުޒާ ހިމެނެއެވެ.