ބުލީގެ ޝިކާރައަކަށް ދަރިފުޅު ވާނަމަ ދެނެގަންނާނީ ކިހިނެތް؟
ބުލީކުރުން ނުވަތަ ގަނާކުރުމަކީ ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން ވިޔަސް އަނެކަކާ މެދު ގަސްތުގައި އަނިޔާވެރިވުމެވެ. މިފަދަ އަމަލުތައް ހިނގަނީ ހަމައެކަނި ސުކޫލުތަކުގައި ދަރިވަރުންގެ މެދުގައި އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާ ނުވަތަ މަގުމަތީގައިވެސް މިފަދަ އަމަލުތައް ހިނގައެވެ.
ފޯނަށް މެސެޖު ކުރުމާއި، ކުއްޖާޔާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުން ނުވަތަ އެކި ނަންނަމުން ކުއްޖާއަށް ގޮވާ ދިމާކުރުމަކީވެސް ގަނާކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ތިމާގެ ދަރިފުޅާމެދު މިކަހަލަ އަމަލެއް ހިނގާކަމުގައިވާނަމަ އެކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަނާއަކީ ނަފުސާނީ ގޮތުން އެކިވަރުގެ ގެއްލުން ކުދިންނަށް ކުރިމަތިކުރުވާ ކަމެކެވެ.
ގަނާގެ ޝިކާރައަކަށްވާނަމަ ފެނިދާނެ ބައެއް އަލާމާތްތައް:
1 ހަށިގަނޑުގެ ތަންތަން ކެމޑިފައި ނުވަތަ ދުޅަވެފައި ހުރުން.
2 ޔުނިފޯމް މާބޮނޑަށް ހަޑިވެފައި ހުރުން ނުވަތަ ޔުނިފޯމު ހަލާކުވެފައި ހުރުން.
3 ކުއްޖާގެޔަށް އަންނައިރު ކުއްޖާގެ އަތުގައި ހުންނަ ފޮތް، އާފަންސޫ ނުވަތަ ފެންސިލްކޭސް ފަދަތަކެތި ގެއްލުން.
4 ސްކޫލަށް ނުދާން އުޅުން، ނުވަތަ ސްކޫލުގައި އިންނަ ވަގުތު އެހެން ކުދިންނާ އެކަހެރިވެގެން އުޅުން.
5 ކިޔަވާ ހިތްނުވުމާ، އާދަޔާހިލާފަށް މާކްސް ދައްވުން.
6 ރޭގަނޑު ނިދަން އުނދަގޫވުން، ނުވަތަ އާދަޔާ ހިލާފަށް މާގިނައިން ނިދުން.
އާންމުކޮށް މިފަދަ އަމަލެއް ހިނގާކަމުގައިވާ ނަމަވެސް، ކުދިންނަށް މި ވާހަކަތައް މައިންބަފައިން ގާތު ނުވަތަ ގާތް އެހެން މީހެއް ގާތު ވިޔަސް ހިއްސާކުރަން ދަތިވެއެވެ. ސަބަބަކީ އެ ކުދިންނަށް މިއަމަލު އެ ކުދިންނާމެދު ހިނގަންވީ ސަބަބު ނޭނގޭތީއެވެ.
އަހުމަދު
އަހަރެންވެސް ބުލީގެ ޝިކާރައަކަށްވި. ކިޔަވަން އުނދަގޫވެ، ޓެސްޓްތަކުން ރިޒަލްޓް ވަރަށް ދަށްވި. ޓީޗަރުންގެ ކުުރިމަތީގައި އަހަރެން ބުލީގެ ޝިކާރައަކަށްވި އިރު އެކަމަށް ފިޔަވަޅެއް ނޭޅުނު
އައިޝާ
މިހާރުވެސް މިއީ ރާއްޖޭގެ ސްކޫލުތަކުގައި އާންމު ކަމެއް. އެކަމަކު ކޮންމެ ކުއްޖަކަށްވެސް ތައުލީމުގެ ހައްގު ލިބެން ޖެހޭތި ބުލީ ކުރާ ކުއްޖާ އާއި ކުރެވޭ ކުއްޖާވެސް ކިޔަވަން ޖެހެނީ އެއް ކުލާހެއްގަ
ބުލީޝިކާރަ
ކުޑަކުދިން އެކަންޏެއްނޫން،ރާއްޖޭގެ ޔުނިވަސިޓީތަކުގަ ކިޔަވާ ބޮޑެތިމީހުންވެސް ލެކްޗަރާއިންގެ ފަރާތުން ބުލީކުރުމާ ކުރިމަތިލާންޖެހޭ!
މީހާ
އަހަރެން ބުލީކުރީ ސުކޫލު ޓީޗަރުން. ސުކޫލު ޓީޗަރުން އަހަރެންގެ މައިންބަފައިންނާ އަޅުވާ ހަޑިއެއްޗިހި ކިޔާ ކުލާހުގައި އެކަހެރިކޮށް ބައިންދާ ވެސް ހެދި