ރިކޯޑްކުރާ ވީޑިއޯއަށް މިއުޒިކް ލެވޭ ފީޗާއެއް ސްނެޕްޗެޓަށް

ރިކޯޑްކުރާ ވީޑިއޯއަށް މިއުޒިކް ލެވޭ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ސްނެޕްޗެޓް އިން ފަށައިފިއެވެ.

ޓިކްޓޮކް-ސްޓައިލް ފީޗާއެއްގެ މަސައްކަތް ސްނެޕްޗެޓް އިން ކުރަމުން މިދަނީ، އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

"ދަ ވާޖް" އިން ރިޕޯޓްކޮށްފައިވާ ގޮތުން، އިނގިރޭސި ބަސް އިހުތިޔާރުކޮށްފައިވާ ޔޫޒާސް އަށް މި ފީޗާ މި އަހަރުގެ ތެރޭގައި ލިބޭނެއެވެ. ނިއު ޒީލޭންޑް އާއި އޮސްޓްރޭލިއަށް މިހާރު މި ފީޗާ ވަނީ ތައާރަފުކޮށްފައެވެ.

ޓިކްޓޮކްއާއި ވާދަވެރިކަމަށް ނުކުންނަ އުޅޭކަން އިންސްޓަގްރާމުންވެސް ވަނީ ހާމަކޮށްފައެވެ.