އިންޑިއާގެ ޒުވާނަކު 10 މަސް ދުވަހުން 33 ކިލޯ ލުއިކޮށްލައިފި
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ގިނަ މީހުންނަށް އެނގެއެވެ. ނަމަވެސް އެ ބަދަލު ގެނައުމުގެ ހިތްވަރު ގިނަ މީހުންގެ ނުުހުރެއެވެ. އިންޑިއާގެ ޕޫނޭގެ އުމުރުން 27 އަހަރުގެ މަނަދީޕް އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ދިރިއުޅުމަށް ބަދަލުތަކެއް ގެނެސް ބަރުދަން ލުއިކޮށްލި ޒުވާނެކެވެ.
ބަރުދަން ލުއިކުރުމަށް މަނަދީޕްކުރި މަސައްކަތް އޭނާ ވަނީ ޓައިމްސް އޮފް އިންޑިއާ އާ ހިއްސާކޮށްފައެވެ. މަނަދީޕްގެ ބަރުދަން އެންމެ މަތިވިއިރު، އޭނާގެ ބަރުދަނުގައި 110 ކިލޯ ހުއްޓެވެ. ކެއިން ބުއިމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ކަސްރަތުކޮށްގެން 10 މަސް ދުވަހުގެ ތެރޭގައި މަނަދީޕް ވަނީ 33 ކިލޯ ލުއިކޮށްލާފައެވެ.
މަނަދީޕްގެ ނާސްތާ އަދި ކަސްރަތުކުރުން ކުރިއަށް ގެންދިޔަ ގޮތް
ހެނދުނު: 1 ތަށި ޕޯހާ އަދި ގްރީން ޓީއެއް
މެންދުރު: ޕްރޮޓީން ބިސްކަޓްސް އަދި 4 ބިސް (ހުދުބައި)
ރޭގަނޑު: ބޮއިލްޑް ކުކުޅު 150 ގްރާމްސް
ކަސްރަތު ފެށުމުގެ ކުރިން: މޮސަމްބީ ޖޫސް (ހަކުރު ނާޅާ) 250 މިލިލީޓަރު
ކަސްރަތު: ކޮންމެ ދުވަހަކު 10 ކިލޯމީޓަރަށް ބްރިސްކް ވޯކިން އަދި ޑަމްބެލް ކާލް (500 ރެޕްސް)
މަނަދީޕް ބުނީ ބަރުދަން ލުއިކުރަން ބޭނުންނަމަ، ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ގަޑިންގަޑިއަށް ކެއިންބުއިމާއި ރަނގަޅަށް ނިދުމަކީ މެޓަޮލިޒަމް ބޫސްޓްކޮށްދިނުމަށް އެހީވެދޭ ކަންކަން ކަމުގައި އޭނާ ބުންޏެވެ. ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރަމުންދިޔައިރު މޯޓިވޭޓްކޮށް ހުރުމަށް، ފަލައިރު ނަގާފައިވާ ފޮޓޯތަކާއި ހިކެމުންދާއިރު ނަގާފައިވާ ފޮޓޯތައް އަޅާކިޔާ ހިތްވަރު ހޯދަމުންދިޔަ ކަމަށް މަނަދީޕް ވަނީ ބުނެފައެވެ.