ފައިސާ ނުދައްކާތީ ވެރިފައިޑް ބެޖު އަތުލަނީ

ޓްވިޓާއަށް ފައިސާ ނުދައްކާ މީހުންގެ ބްލޫ ޓިކް މާކް – ވެރިފައިޑް މާކް އަތުލަން ފަށައިފި އެވެ.

އީލާން މަސްކް މިދިޔަ އަހަރު ޓްވިޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ. އެއަށްފަހު ފައިސާ ދައްކައިގެން ވެރިފައިޑް މާކް ގަނެވޭ ގޮތް ހެދި އެވެ.

އެގޮތުން މަހަކު އަށް ޑޮލަރު ދައްކައިގެން ވެރިފައި ކުރެވޭ ގޮތް ހެދި އެވެ.

ވެރިފައިޑް މާކް އަތުލި ޓްވިޓާ އެކައުންޓްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި އެކްޓަރުންގެ ޓްވިޓާ އެކައުންޓްތައް ހިމެނެ އެވެ. މީގެ އިތުރުން ޖަމިއްޔާތަކުގެ ޓްވިޓާ އެކައުންޓްތައްވެސް ހިމެނެ އެވެ.