ތުއްތު ދަރިފުޅު ބަނޑުހައިވުމުން އެނގޭނީ ކިހިނެތް؟

ތަންކޮޅެއް ބޮޑެތި ކުދިންނަށް، ބަނޑުހައިވުމުން ނުވަތަ ކަރު ހިއްކައި ގަތުމުން ބުނަން އެނގޭނެއެވެ. ނަމަވެސް އެންމެ ތުއްތު ކުދިންނަށް ވަނީ ކީއްކަން ދެނެގަންނަން އުނދަގުލެވެ.

ތުއްތު ކުދިންނަށް ބަހުން އެކަން ބުނަން ނޭނގުނު ކަމުގައި ވީނަމަވެސް، އެ ކުދިންގެ ހަރަކާތްތަކުން އެކަން އަންގައިދޭން މަސައްކަތް ކުރެއެވެ. އާ މަންމައިންނަށް ފުރަތަމަ ކޮޅު، ތުއްތު ދަރިފުޅު ބުނެދޭން އުޅޭ އެއްޗެއް ދެނެގަންނަން އުނދަގޫ ވެދާނެއެވެ. ނަމަވެސް މިކަންކަން ދެނެގަތުމަށް ވަގުތު ބޭނުންވާނެއެވެ.

އާ މަންމައިންނަށް އެންމެ އުނދަގޫވަނީ، ތުއްތު ކުދިން ބަނޑުހައިވީމަ އެކަން ދެނެގަތުމަށެވެ. ތިރީގައި މިވަނީ ތުއްތު ދަރިފުޅު ބަނޑުހައިވުމުން ކުރާ ބައެއް ކަންކަމެވެ.

- ތުއްތު ކުދިން ރުއިމަކީ އާންމު ކަމެކެވެ. ބަނޑުހައިވުމުން އެކަން އަންގައި ދިނުމަށް އެ ކުދިން ރޮއެ ހަދައެވެ.

- ތުއްތު ކުދިން ބަނޑުހައިވުމުން، މީހުންގެ ސަމާލުކަން ހޯދުމަށްޓްކައި އަވަސް އަވަހަށް އަތްފައި ހޫރާ ހަދައެވެ.

- ކުދިން ހުއްޓުމެއް ނެތި އަނގަޔަށް އަތްލާނެއެވެ.

- ބަނޑުހައި ވިކަން އަންގައި ދިނުމުގެ ގޮތުން ގިނައިން ބޯ ހޫރުވަން ފަށައެވެ.

ތުއްތު ދަރިފުޅު ބަނޑު ފުރުމަށްފަހުވެސް ރޮނީ ކީއްވެ؟

ކުރިންވެސް ފާހަގަކޮށްލި ފަދައިން ތުއްތު ދަރިފުޅު ބަނޑުހައިވެއްޖެކަން އާންމުކޮށް އަންގައިދެނީ ރުއިމުންނެވެ. ދަރިފުޅު ބަނޑު ފުރެންދެން ކިރު ބުއިމަށްފަހުވެސް ރޯނަމަ އެއީ އެހެން ސަބަބަކާ ހުރެ ކަމަށް ވެދާނެއެވެ.

ދަރިފުޅު ބަނޑުފުރުމަށްފަހުވެސް ރޯނަމަ އެކުދިން ނިންދަވަން މަސައްކަތް ކުރާށެވެ. އާންމުކޮށް ތުއްތު ކުދިން ބަނޑުފުރުމަށްފަހު ނިދި އަންނާނެއެވެ.

ޢބރހމ

ބަލަ ކޮބާ ރުުއިމުގަ ހަައލު؟