ސްޓްރެސް މެނޭޖްކުރާނެ ގޮތްތައް

އާއިލީ ކަންކަމާއި ވަޒީފާގެ އިތުރުން ދިރިއުޅުމުގައި ދިމާވާ އެހެނިހެން ކަންކަމުގެ ސަބަބުން ބޯހާސްކުރުވާ ކަންތައްތަކާ އަބަދުވެސް ކުރިމަތިވާނެއެެވެ. ދެން އޮތީ ސްޓްރެސް މެނޭޖްކޮށް ސްޓްރެސް ލެވަލް ކުޑަކުރެވޭނެ ގޮތްތަކަށް ކަންކަން ބައްޓަން ކުރުމެވެ.

ބޯހާސްކުރުވާ ކަންކަމާއި ދުރުވުމަށް، ތިމާގެ ހިޔާލުތައް އެހެން ކަމަކަށް އަނބުރާލެވިދާނެއެވެ. އެގޮތުން ހަރަކާތްތެރިވެ އުޅެވޭ ކަމެއްގައި ޝާމިލުވާށެވެ. އެއީ ގިނަ ބަޔަކު ބައިވެރިވާ ކުޅިވަރެއް ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. މިއީ ތިމާގެ ކަންބޮޑުވުންތަކާއި ދުރުކޮށްދޭނެ ކަމެކެވެ.

ނިދި ހަމަނުވުމަކީ ސްޓްރެސްއަށް މަގުފަހިވާ ކަމެކެވެ. އަނެއްކޮޅުން ސްޓްރެސްއަކީ ނިންޖަށް ހުރަސްއަޅާ ކަމެކެވެ. އެ ހުރިހާ ކަމަކުން ބާރުކުރާނީ ތިމާގެ ސިކުނޑިއަށެވެ.

ސްޓްރެސް އިން ސަލާމަތްވުމަށް ބޭސްތަކެއް ނެގުމުގެ ބަދަލުގައި، ވީހާވެސް ބޮޑަށް ހަަމަޖެހި، ނިދާލެވޭތޯ މަސައްކަތްކުރާށެވެ. ނިދާ ވަގުތު ޖެހެމުން އަންނައިރު، ސްޓްރެސްވާ ކަންކަމާއި ދުރުހެލިވާށެވެ.

ތިމާގެ ވާހަކަތައް ހިއްސާކޮށްލެވޭ ވަރުގެ ރަހުމަތްތެރިއަކު ހުރި ނަމަ އޭނައާ ވާހަކަ ދައްކާލާ ހިޔާލު ބަދަލުކޮށްލާށެވެ. ހިޔާލުތަކާއި ދުރުވުމަށް ނުވަތަ އެ ކަންކަމަށް ހައްލެއް ހޯދުމަށްވެސް ވާހަކަ ދައްކާލެވިދާނެއެވެ. ފަހަރުގައި ތިމާއަށް ދިމާވެގެން އުޅޭ މައްސަލައަށް އެކުވެރިޔާ ހައްލެއް ހޯދައިދީފާނެއެވެ.